މަސްވެރިން ފެލިވަރުގައި މުޒާހަރާ ކުރަން ފަށައިފި

މަސްވެރިން ފެލިވަރުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާގައި ބައިވެރިވާ ކެޔޮޅަކު ބުނީ، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުވޭތޯ ވަރަށް ދުވަހު ކެތްކޮށްފި ކަމަށާއި، މަސްވެރިން އިހުތިޖާޖަށް ނިކުންނަށް ޖެހުނީ ކަންކަން ގޯހުން ގޯހަށް ދިއުމުން ކަމަށެވެ. މި މުޒާހަރާގައި މައިގަނޑުގޮތެއްގައި އަޑުއުފުލާނީ މަސްވެރިންނަށް މަސް ކިރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާއި، ހަމަ އަގު ހޯދައިދިނުމަށާއި، އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް ކެޔޮޅު ބުންޏެވެ.

މި އިހުތިޖާޖުގައި މައިގަނޑުގޮތެއްގައި ހަރަކާތްތެރިވަނީ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރެވެ.

"އަހަރެމެން މިދަނީ ޝުޢޫރު ފާޅުކޮށްލަން. ވަރަށް ދުވަހު ކެތްކުރެއްވިއްޖެ. މިކަން ކޮޅެއްގައި ޖައްސާފައި ނޫނީ ހުއްޓާނުލާނަން. މިއަދު ވިއްސާރަވީމަ ގިނަ ދޯނިފަހަރަށް ފެލިވަރަށް ނާދެވުމަސް މިހާރުވެސް ވިއްްސަކަށް ދޯނި އެބަ އާދޭ." ފެލިވަރަށް ދަތުރުކުރަމުންދާ ދޯންޏެއްގެ ކެޔޮޅަކު ބުންޏެވެ.

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ފެލިވަރު ބަނދަރުގައި މުޒާހަރާ ކުރަމުންދާ މަސްވެރިންބުނީ މަސްވެރިންނަށް މިތިބީ ވަރަށް ހާލުގައި ކަމަށެވެ. އަދި މިދަތިތައް ހައްލުކުމަށް ރައީސް ސޯލިހާ ބައްދަލުކޮށް އަވަސް ހައްލެއް ބޭނުންވާކަމަށް މަސްވެރިން ބުންޏެވެ.

"މި ސަރުކާރު ގެނައީ އަހަރެމެންގެ ވެސް މަސައްކަތުން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާއަށް އަހަރެމެންނާ ބައްދަލުކުރެވެން ޖެހޭނެ. އަހަރެމެންގެ އެންމެ ބޮޑު ޑިމާންޑަކީ އެއީ. މިފްކޯއަކީ ނަމެއް ނޫން. އެއީ އަހަރެމެންގެ ހިތާ ގުޅިފައިވާ ނަމެއް. މިއަދު މި ވިއްސާރައިގައި އަހަރެމެން މި އިހުތިޖާޖު ކުރަނީ ހައްޤު ހޯދަން. މިކަން ކޮޅެއްގައި ޖައްސާފަ ނޫނީ ހުއްޓާ ނުލާނަން". ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރަމުންދާ މަސްވެރިޔަކު ބުންޏެވެ.

ފެލިވަރު ބަނދަރުގައި ޝުޢޫރު ފާޅުކުރަމުންދާ މަސްވެރިން ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިސްތިއުފާއަށް ގޮވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *