Ad

ޑިއޭގޯ ކޮސްޓާ، އެތްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްފި

އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޑިއޭގޯ ކޮސްޓާ، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެއްބަސްވުން އުވާލީ ޑިއޭގޯ ކޯސްޓާގެ އެދުމުގެ މަތިންނެވެ. ސުއަރޭޒް އެތްލެޓިކޯއަށް ބަދަލުވިފަހުން ކޯސްޓާއަށް ކުޅުމުގެ ފުރުޞަތު ލިބެނީ މެޗްގެ ވަކި ހިސާބަކުންނެވެ. ލުއިސް ސުއަރޭޒް، މި ސީޒަންގައި އެތުލެޓިކޯއަށް ބަދަލުވި ފަހުން، ކޯޗް ޑިއޭގޯ ސިމިއޯނޭގެ ފޭވަރިޓް ސްޓައިކަރަކީ ސުއަރޭޒް އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ފެށޭ ޖެނުއަރީ ޓްރާންސްފާރގައި އެހެން ޓީމަކުން އޭނާ ފެންނާނެއެވެ. އޭނާ ފެނުން އެންމެ ގާތީ އާސެނަލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުރިން ޗެލްސީއަށް ކުޅެފައިވާ ކޯސްޓާއަކީ ދަނޑުމަތީގައި ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުޅުންތެރިއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *