Ad

2020 ވަނަ އަހަރު އެންމެ ގިނަ ޕޮއިންޓް ހޯދީ މެޑްރިޑުން

އަހަރުގެ އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމަކަށް ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑް ހޮވިއްޖެއެވެ.

ރެއާލް މެޑްރިޑުން ވަނީ އަހަރު ކުޅުނު 36 މެޗުގެ ތެރެއިން 83 ޕޮއިންޓް ހޯދާފައެވެ. މި ލިސްޓުގެ ދެވަނަ ލިބެނީ މި އަހަރުތެރޭގެ ފަސް ތަށި ހޯދި ބަޔާން މިއުނިކަށެވެ. ބަޔާން މިއުނިކުން ވަނީ މިއަހަރު 30 މެޗުން 79 ޕޮއިންޓް ހޯދައިފައެވެ. ހަމަ މިއަދަދަށް އިޓާލައަން ސެރިއާގެ އޭސީ މިލާން ޕޮއިންޓް ހޯދައިރު މިލާނުން ކުޅެވެނީ 35 މެޗެވެ.

ޔޫރަޕުގެ ގަދަ ލީގުގެ ތަކުގެތެރެއިން އެންމެ މަގުބޫލް ލީގު އިނގިރޭސި ލިގުގު އެއްވަނައިގަ މިވަގުތު އޮތް ލިވަޕޫލް އަހަރު ނިންމާލީ 77 ޕޮއިންޓް ހޯދައިގެންނެވެ. 30 އަހަރު ފަހުން މިއަހަރު ލީގުގެ ތަށި އުފުލާލި ލިވަޕޫލުން ވަނީ ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގުގަ އެއް އަހަރު ތެރޭގެ އެންމެ ގިނަ ޕޮއިންޓް ހޯދުމުގެ ޝަރަފު ހޯދައިފައެވެ. މިދިޔައަހަރު 98 ޕޮއިންޓް އެޓީމުން ހަމަކުރި އިރު 2018 ވަނަ އަހަރު ވަނީ 88 ޕޮއިންޓް ހޯދައިިފައެވެ.

މި ފަހަރު ޔޫރަޕުން ފަސްވަނަ ހޯދީ ޕޯޗުގަލްގެ ޕޯޓޯއިންނެވެ. ޕޯޓޯ ވަނީ ލީގުގައި ކުޅުނު 30 މެޗުން 69 ޕޮއިންޓް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *