ހުޅުމާލޭގައި ބިދޭސީއަކު ފައި ބިންދާލުމަށްފަހު ފޭރިގެންފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާއަކީ ހުޅުމާލޭ ރަށު މާރުކޭޓް ސަރަހައްދުގައި ހުރި ކޮންސްރަކްޝަން ސައިޓެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާއަތުން ފޭރުނީ ކޮން އެއްޗެއްކަމެއް އަދި ސާފެއްނުވެއެވެ. މިމައްސަލަޔާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ.