Ad

ދެ ލޯންޗް ޖެހި ނުރައްކާތެރި އެކްސިޑެންޓެން ހިނގައިފި

މިހާދިސާގައި ދެ ލޯންޗްގައި ތިބި މީހުންނަށްވެސް ވަނީ އަނިޔާވެފަ

މ. މުލިން މާލެއަށް ދަތުރުކުރި ސީއެމްބިއުލެންސްއަކާއި މާލެއިން ފުރައިގެން ދަތުރުކުރި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާގައި ދެލޯންޗްގައި ތިބި މީހުންނަށްވެސް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގެ މަޢުލޫމާތު ސިފައިންނަށް މަޢުލޫމާތު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާރޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާ ހިނގާފައިވަނީ މިރޭ 1 ޖަހާ ކަންހާއިރު އިތާފުށި ރިސޯޓް ކައިރިންނެވެ.

މިހާދިސާގައި ސީއެމްބިއުލެންސުން ދަތުރު ކުރި 8 މީހުންގެ ތެރެއިން 2 މީހަކަށް އެކި ވަރުގެ އަނިޔާވެފައިވާއިރު އަނެއް ލޯންޗުން ދަތުރު ކުރި ދެ މީހުންގެ ތެރެއިން ލޯންޗްގެ ކެޕްޓަނަށް އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގައި އަނިޔާވި މީހުންނަށް އޮސްޕޮޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. މިހާދިސާގައި އެކްސިޑެންޓްވި ސީއެމްބިއުލެންސް އަކީ މުލީ ރީޖިނަލް ހޮސްޕިޓަލުން ހާލުބޮޑު ބަލި މީހަކު ގޮވައިގެން މާލެއަށް ދަތުރުކުރި ލޯންޗެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *