Ad

ވިލިނގިލީ ކައުންސިލް އިދާރާ ކުރިމަތީ ފުޓްބޯޅަ ކުޅެނިކޮށް ފުލުހުން ހުއްޓުވައިފި

ގއ.ވިލިނގިލީ ޒުވާނުންގެ ބަޔަކު ރަށު ކައުންސިލް އިދާރާ ކުރިމަތީގައި ފުޓްބޯޅަ ކުޅެމުން ދަނިކޮށް ފުލުހުން ހުއްޓުވައިފިއެވެ.

އެރަށުގެ ޒުވާނުން ކައުންސިލް އިދާރާ ކުރިމަތީ ފުޓްބޯޅަ ކުޅެމުން ދަނީ އެ ރަށުގެ ފުޓްބޯޅަ ކުޅޭ ދަނޑު ރޯކޮށްލާފައިވާތީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުންނެވެ.

އިރުވަރު ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލް އިދާރާ ކުރިމަރީގައި ފުޓްބޯޅަ ކުޅެމުން ދަނިކޮށް ފުުލުހުން ވަނީ އެ ޒުވާނުންނަށް ނަސޭހަތްދީ އެތަނުން ފޮނުވާލާފައެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް ކުޅެންފެށުމުން ފުލުހުން އައިސް ވަނީ ދެވަނަ ފަހަރަށް ނަސޭހަތްދީ އެކަން ހުއްޓުވާފައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ ފުޓްސަލް ދަނޑުގައި ރޯކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *