Ad

އެމެރިކާގެ އިންޓެލިޖެންސް ޓާސްކް ފޯހުން ރަޝިޔާއަށް ސައިބަރ ހެކް ކުރާކަމުގެ ތުހުމަތުކޮށްފި

އެމެރިކާގެ އިންޓެލިޖެންސް އެޖެންސީންތަކުން ތުހުމަތުކުރާގޮތުގައި ފާއިތުވެދިޔަ އަހަރުގެ ޑިސެމްބަރ މަހުގެތެރޭގައި ކުރިމަތިވި ސީރިއަސް ސައިބަރ ހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިޔާ އެވެ.

ބާރު ސްޕީޑެއްގައި މިހަމަލާތަކުގެ އަސަރު ދެނެގަތުމުގެ މަސައްކަތް  ކުރެވެމުންދާ ކަމުގައި އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުން ބުނެއެވެ.

މި ސައިބަރ ހަމަލާތަކާއި ގުޅިގެން މީގެކުރިން ރައީސް ޑޮނަލްޑް ޓުރަމްޕް ތުހުމަތުކުރެއްވި ގޮތުގައި، މި ސައިބަރ އެޓޭކްތަށް ދީފައިވަނީ ޗައިނާއިންނެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓުރަމްޕްގެ ސަރުކާރުގެ އިސް މުޝީރުން ތުހުމަތުކުރާ ގޮތުގައި އެ ސައިބަރ ހަމަލާތަށް ކޮށްފައިވަނީ މޮސްކޯއިންކަމަށެވެ.

އިންޓެލިޖެންސް އެޖެންސީތަކުން ގުޅިގެން ނެރުނު ބަޔާންތަކުގައި ބުނާގޮތުން، މިހާރު ގަބޫލުކުރެވޭ ގޮތުގައި އެމެރިކާގެ ސަރުކާރު އެޖެންސީ ތަކުގެތެރެއިން 10 ވަރަކަށް އެޖެންސީއަށް ސައިބަރ ހަމަލާ އައިސްފައިވާކަމަށާއި، މީގެއިތުރުން އަމިއްލަ ކުންފުނިތަކަށްވެސް މީގެ އަސަރުކޮށްފައިވާކަމަށެވެ.

އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ މި ސައިބާރ އެޓޭކުތަކުގެ ފަހަތުގައި ވިކިލީކްސް އަށް މައުލޫމާތު ފޯރުކޮށްދޭ ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ، ރަޝިޔާއަށް ވަފާދާރު އެމެރިކާގެ ވަކި ފަރުދުން ވެސް މިކަމުގައި ބައިވެރިވެފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *