Ad

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅަނީ!

ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދިން މަސްވެރިންގެ ސައްލާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ވިދާޅުވީ، ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މާ ލަސްތަކެއް ނުވެ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅިގެންދާނެ ކަމަށެވެ. ކަންނެލި މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު ކަންނެލީގެ އަގު ރާސްލާފައި ވެއްޓިގެންދާ ދިއުމަކީ ވަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި، ކަންނެލީގެ އަގު ކަނޑައެޅިގެން ދިއުމުން މި މައްސަލަ ހައްލުވާނެކަމަށް ޒިޔާދު ވިދާޅުވިއެވެ.

"ފެށުނީއްސުރެ ދޮށީގެ މަސްވެރިކަމަށް ފްލޯ ޕްރައިޒްއެއް ކަނޑައެޅިފަ އޮވޭ. ޕްލޯ ޕްރައިޒް އަކީ ބޮޑަށް މަސްވެރިންނަށް ލިބޭ ރައްކަލަކަށް އޭތި އޮތީ. އެކަމަކު ޕްލޯ ޕްރައިޒް ކަލްކިއުލޭޓު ކުރަނީ މަސް ގަންނަ ކުންފުނިތަކުގެ ހަރަދާއި އާމްދަނީއާއި އަދި މަސްވެރިންގެ ހަރަދާއި އާމްދަނީއަށް ބަލާފަ ދެފަރާތަށްވެސް ގެއްލުން ނުވާނެކަހަލަ އަގެއް އަޅުގަނޑުމެން މި ކަނޑައަޅަކީ. އައަގަށްވުރެ ދަށުން މަސް ގަތުން މަނާ ކުރަނީ ފްލޯ ޕްރައިޒްގަ. ކަންނެލީގެ މަސްވެރިންނަށް ފްލޯ ޕްރައިޒް ޤާއިމް ކުރުމަށް އެންމެ ފަހު މަރުހަލާގަ މިހާރު މިއޮތީ. މާ ލަސްތަކެއް ނުވެ އެކަން ކުރެވޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަސްވެރިކަން ރަނގަޅުވެގެން ގިނަ ދޯނިފަހަރުން އެއްފަހަރާ އައިމާ އަގު ރާސްލާފައި ވެއްޓިގެން ދާ ދިއުމަށް ހައްލެއް ގެނެވޭނެ ކަމެއް ފްލޯ ޕްރައިޒްމީ." ޒިޔާދު ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިން ބުނީ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅާފަ ނެތުމުގެ ސަބަބުން ކަންނެލި ގަންނަ ކުންފުނިތަކުން ބޭނުން ގޮތެއް ހަދަމުން ގެންދާކަމަށެވެ.

ކަންނެއްޔަށް ފުރާއިރު އަގު މި ހުންނަނީ 70 ރުފިޔާއަށް ކިލޯއެއް. ފަސްވަރަކަށް ދުވަހު ކަނޑުމަތީގަ ކަންނެލިބާނަން އުޅެފަ ކިރަން އަންނައިރު މި އޮންނަނީ ދެ ގުނަ އަގު ވައްޓާލާފަ. އެމީހުންނަށް އެނގޭ އަހަރެމެން ކިރާނެކަން. އެމީހުން ކޮންމެ ގޮތެއް ހެދިޔަސް އަހަރެމެން ޖެހޭނީ ކިރަންތާ. ނުކިރާ ވަކި ކޮންތާކަށްދާނީ. މިފްކޯއަށް މި ގަންނަނީކީ ނޫން. މިއީ ވަރަށް ދެރަކަމެއް. ހަމަ ހަދާނެއެއްޗެއް މިހަދަނީ”. ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ކެޔޮޅަކު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *