Ad

ބައިކް މޯލްޑިވްސް އިން ކުރިއަށްގެންދިޔަ "ޖޫނިއަރ ސައިކްލިންގ ކޭމްޕް" ކާމިޔާބު ކަމާއެކު ނިއްމާލައިފި

ކުޑަކުދީންނަށް ޚާއްސަކޮށްގެން ޑިސެމްބަރ މަހުގެ 11 އިން 8 ޖަނަވަރީ 2021 އަށް ކުރިއަށް ގެންދިޔަ މިއަހަރުގެ ފުރަތަމަ ޖޫނިއަރ ސައިކްލިންގ ކޭމްޕުގައި 7 އަހަރާއި 15 ދެމެދު އުމުރުފުރައިގެ 33 ކުއްޖަކު ބައިވެރިވެފައި ވެއެވެ.

މިއަދު އިވެންޓްގެ ޝަރަފުވެރި މެޙެމާން އަނީސާ އަޙްމަދު

މި ކޭމްޕްގައި ބައިވެރިވި ކުދިންނަށް ތަމްރީނު ދީފައިވަނީ ސައިކްލިންގ ފެޑްރޭޝަން އޮފް އިންޑިއާއިން ތަމްރީން ހޯދާފައިވާ މި ޖަމިއްޔާގެ ކޯޗުންނެވެ. ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މާލެ އަދި ހުޅުމާލެއިން ކުދިން ބައިވެރިކޮށްގެން ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކުޑަކުދީންގެ މެދުގައި ބައިސްކަލް ދުއްވުމުގެ ހުނަރު ތަރައްޤީކުރުމަށް ކުރިއަށް ގެންގޮސްފައިވާ މި ޙަރަކާތް އޮތީ ޑިސެމްބަރ މަހުގެ 11 އިން 8 ޖަނަވަރީ 2021 އަށް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހެނދުނު 6:30 އިން 8:00އަށެވެ.

ބައިކް މޯލްޑިވްސްގެ ސެކްރަޓަރީ ޖެނެރަލް އަސްމާ ހަސަން ވިދާޅުވީ، މި ޚަރަކާތަކީ ބައިސްކަލް ދުއްވަން ޝައުގުވެރިވާ ކުދީންނަށް އެ ހުނަރު ދަސްކޮށްދީ ތަރައްޤީ ކުރުވުމާއިއެކު، އެކުދިންނަށް ރައްކާތެރި ކަމާއެކު އެއްތަނުން އަނެއްތަނަށް، ބައިސްކަލުގައި ދިއުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިފަދަ އެކިއެކި ޚަރަކާތްތަށް ކުރިއަށް ގެންދާކަމަށެވެ. މި ޖަމިއްޔާއިން މިފަދަ ޚަރަކާތްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު އަނެއް މަޤްޞަދަކީ ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅުމަށް ދަސްކޮށްދިނުމުގެ އިތުރުން ދުޅަހެޔޮ ޞިއްޙަތެއްގައި ކުދީން ބޭތިއްބުމެވެ.

ބައިކް މޯލްޑިވްސްގެ ޕްރެޒިޑެންޓް އަދި ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޒުލޭހާ ހަސަންދީދީ (ދަލޭ) ވިދާޅުވީ،   ކޮވިޑް-19 ގެ މި ދަތި އުނދަގޫ ދުވަސްވަރުގައި މި ކޭމްޕް ކުރިއަށް ގެންދިޔަކަމުގައި ވިޔަސް މިއަހަރުގެ ޖޫނިއަރ ސައިކްލިންގ ކޭމްޕައްވެސް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތްތާނގައި ވެސް މިފަދަ އިތުރު ޚަރަކާތްތައް އެ ޖަމިއްޔާއިން ކުރިއަށް ގެންދާނޭ ކަމަށެވެ.

ބައިކް މޯލްޑިވްސް އަކީ، ބައިސްކަލުގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެށި ހިމާޔަތް ކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމާއެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށް، ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމަށް، 2015 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ.

އިންޖީނުލީ އުޅަނދުފަހަރުން އަންދާ ތެލުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރިކުރުވުމަށް ވެސް ބައިކް މޯލްޑިވްސްއިން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ފަތިސް ނަމާދަށް ފަހު، ހުޅުމާލޭގައި ބައިސްކަލް ދުއްވުމުގެ ޚަރަކާތެއް އެ ޖަމިއްޔާއިން ކުރިއަށް ގެންދެއެވެ.

ދިވެހިރާއްޖޭގައި ކުޅިވަރުގެ ރޫޙު ގެއްލިފައިވާ މިފަދަ ދަނޑިވަޅެއްގައިވެސް ވެހޭ ވާރެއަކަށް، އަތްވަކަށް ބެލުމެއްނެތި މިފަދަ ޚަރަކާތަށް ރާވާ ހިންގަވަމުންގެންދާ، މި ޖަމިއްޔާގެ "މައިގަނޑު އަމާޒަކީ ވާދަވެރި ކުޅިވަރެއްގެގޮތުގައި މި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުން" ކަމުގައި ބައިކް މޯލްޑިވްސްގެ ސެކްރަޓަރީ ޖެނެރަލް އަސްމާ ހަސަން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *