Ad

މޫދަށް ފުންމާލީ ދެ އެކުވެރިން ސަލާމަތްކުރަން! ފަހުން މޫދު އަޑިން ނެގީ މަރުވެފައިވާ އޭނާގެ ހަށިގަނޑު

"އަހަރެންގެ ކުއްލި މަރުގެ ވާހަކަ އަޑު އިވިއްޖެނަމަ އަހަރެންނަށް މައާފްކުރާށެވެ. އަދި ތިބާގެ ދުއާގައި އަހަރެން އަބަދުވެސް ޝާމިލު ކުރާށެވެ!"

މިއީ ކިހާ އިބުރަތްތެރި ވާހަކައެއް ހެއްޔެވެ؟ މިއީ ފުވައްމުލަކުގައި މިއަދު ގެނބިގެން މަރުވި އަހުމަދު ފައުޒާން، 17، އޭނާގެ ފޭސްބުކްގައި މީގެ ދެ ދުވަސްކުރިން ކަޅާއި ހުދުން ޝެއަރކޮށްފައިވާ ޕޯސްޓެކެވެ. މު ޕޯސްޓް ޝެއާކުރިތާ ދެ ދުވަސް ފަހުން މިއަދު މުޅި ފުވައްމުލަކަށް ހިތާމަވެރިކަން ވެރިވެގެން ދިޔައީ އޭނާގެ ކުއްލި މަރާ ގުޅިގެންނެވެ. އަދި މަރުވި އަސަރު ގަދަ ޚާދިސާގެ ސަބަބުންނެވެ.

ފުވައްމުލަކު ސުކޫލުގެ ދިހަ ވަނަ ގްރޭޑުގައި ތައުލީމު ހާސިލު ކުރަމުން ގެންދާ، ދޫނިގަން، ޔޫރޯ ފައުޒާންގެ ކުއްލި މަރާއެކު ހަމަ ހަގީގަތުގައި ވެސް ގިނަ ބައެއްގެ ދުޢާގައި އޭނާގެ ނަން ޝާމިލުކޮށްފިއެވެ. އޭނާގެ ފުރާނައަށް ރަހުމަތް ލެއްވުންއެދި ފުވައްމުލަކު ރައްޔިތުންނާއި ރާއްޖޭގެ އެކި ހިސާބުތަކުގެ މީހުން ހެޔޮ ދުއާކޮށްފިއެވެ. އަދި މި ދުޢާ ދެމިގެންދާނެ ކަމާމެދު ޝައްކެއް ނެތެވެ.

ރަށުގެ މައި ނެރާ ދިމާލުން މޫދަށް އެރި އުޅެނިކޮށް ދެ ރައްޓެހިން އޮޔާ ދަމައިގަތުމުން ފައުޒާން ދިޔައީ އެކުދިން ސަލާމަތްކުރާށެވެ. އެ ދެކުދިން ސަލާމަތްވިއެވެ. ހޮސްޕިޓަލަށް ގެންގޮސް އަވަސްފަރުވާ ދީގެންނެވެ. އެހެންމަވެސް ފައުޒާން ގެއްލިގެން ހޯދަން ވަގުތު ތަކެއް ހޭދަވިއެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އޭނާ މޫދުތެރެއިން ނަގައިން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ އޭނާގެ ފުރާނަ މިދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ.

ފުވައްމުލަކުގެ މިއަދުގެ ހާދިސާގެ ވާހަކަ ޓުވިޓާ އާއި ފޭސްބުކުގައި ޝެއާކުރި ބައެއް މީހުން ސިފަކޮށްފައިވާ ގޮތުގައި ފައުޒާނަކީ ހިތްވަރު ގަދަ ބަތޮލެކެވެ.

ފައުޒާނަށް ހިތްހެޔޮކޮށް ހެޔޮ ދުއާކުރާށެވެ. އެއީ އޭނާވުމުގެ ކުރިން ކޮށްފައިވާ ސާފު ވަސިއްޔަތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *