Ad

އެމެރިކާގެ ސިޔާސީ ޕާޓީތަކަށާއި ސިޔާސީ މީހުންނަށް އެހީދިނުން ކުންފުނިތަކުން ހުއްޓާލަން ފަށައިފި

އެމެރިކާގެ ސިޔާސީ ޕާޓީތަކަށާއި ސިޔާސީ ފަރާތްތަކަށް ދެމުން އަންނަ އެހީ ހުއްޓާލުމަށް ޖޭޕީމޯގަން ޗޭސް އިން ނިންމައި އެކަން އާންމުކޮށް އިއުލާނުކޮށްފިއެވެ.

އެމެރިކާގެޖޭޕީމޯގަން ޗޭސްއާ ހަވާލާދީ އެމެރިކާގެ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓޮލް ބިލްޑިންގަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޖޭޕީ މޯގަންގެ ޕޮލިޓިކަލް އެކްޝަން ކޮމިޓިން ވަނީ ރިޕިބްލިކަން އަދި ޑިމޮކްރެޓިލް ޕާޓީގެ ލީޑަރުންނަށް ހަ މަސް ވަންދެން ފައިސާގެ އެހީ ނުދިނުމަށް ނިންމާފައެވެ.

ހަރުމުދަލުގެ ގޮތުން އެމެރިކާގެ އެންމެ ބޮޑު ބޭންކުން ބުނި ގޮތުގައި އެމެރިކާގެ މުޅި ޑިމޮކްރެޓިކް ނިޒާމު ހަލާކުވެދާނެ ފަދަ ދަށުދަރަޖައިގެ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އެމެރިކާގެ މުސްތަގުބަލު އިތުރަށް ނުރައްކާވެ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ވެއްޓިގެން ހިނގައިދާނެއެވެ. އެބޭންކުގެ ނިންމުމަކީ ސިޔާސީ ލީޑަރުންނަށް ފިލާވަޅެއް ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މެރިއޮޓް އިންޓަނޭޝަނަލް އިން ބުނެފައިވަނީ ޖޯ ބައިޑަން އިންތިހާބު ކާމިޔާބުކުރިކަން ކަނޑައެޅުމުގެ ވޯޓުގައި އިދިކޮޅަށް ވޯޓު ދިން މެންބަރުންނަށް އެހީ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *