Ad

ޤާނޫނު ހަދާ މަޖިލީހަށް ގަދަކަމުން ވަނުމުގެ ކުށުގައި، އޮލިމްޕިކް ފެތުމުގެ މުބާރާތުން ގޯލްޑް މެޑަލް ހޯދި ފެތުންތެރިއަކަށް ދައުވާކުރަނީ

ސަލާމަތީ ސަފުތައް ފޫދުއްވާލައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ގަދަކަމުން ވަނުމުގެ ތުހުމުގައި، އޮލިމްޕިކް ފެތުމުގެ މުބާރާތުން ގޯލްޑް މެޑަލް ހާސިލްކޮށްފައިވާ އެމެރިކާގެ މަޝްހޫރު އެތުލީޓެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

އެއްވެފައިވާ މީހުން ހަމަނުޖެހުން ހިންގި ވަގުތު ފެތުން ތެރިޔާ ކެލަ ވަނީ އެމީހުންނާ ބައިވެރިވެ ހަރުކަށި ކަމާއެކު ފުލުހުންނާ ކުރިމަތިލައި ގާނޫނާ ޚިލާފު އަމަލު ހިންގާފައިކަން ވީޑިއޯތަކުން ސާފުކޮށް އެނގޭކަމަށް ޕްރޮސެކިއުޝަންގެ ފަރާތުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ.

އޮލިމްޕިކް ފެތުމުގެ ރޭހުމުގައި ތަކުރާރުކޮށް އެމެރިކާއަށް ކާމިޔާބު ހޯދައިދިން 38 އަހަރުގެ ފެތުންތެރިޔާ، އެމެރިކާގެ ޑިމޮކްރަސީގެ ހަޔާތުގައި ފެނުނު އެންމެ ކަޅު ދުވަހުގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރާ އެމެރިކާގެ ކެޕިޓަލް ހޯލްގެ ހަމަނުޖެހުންތަކުގައި އޭނާ ހުރީ އެމެރިކާގެ ރަސްމީ އޮލިމްޕިކް ޖެކެޓް ލައިގެންނެވެ.  އެ ޖެކެޓުގައި ބޮޑުކޮށް "ޔޫއެސްއޭ" އަދި އަނެއް ފަރާތުގައި "ޔުނައިޓެޑް ސްޓޭޓްސް އޮލިމްޕިކް ޓީމް" ޖަހާފައިވާކަން ވެސް ތަހުގީގީ އިދާރާތަކާއި ޕްރޮސެކިއުޓަރުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ހޯދާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވަނީ ގަދަކަމުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެފައެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *