Ad
އެޗްޓީސީގެ އައުފޯން ޑިޒައިއަރ 21 ޕްރޯ 5 ޖީ. ފޮޓޯ: އެންޑްރޮއިޑް ޕޮލިސް
އެޗްޓީސީގެ އައުފޯން ޑިޒައިއަރ 21 ޕްރޯ 5 ޖީ. ފޮޓޯ: އެންޑްރޮއިޑް ޕޮލިސް

އެޗްޓީސީ އިން ދުވަސްތަކަކަށް ހިލަމެއްނުވެ އޮތުމަށްފަހުގައި މިފަހަރު ޑިޒައިއަރ 21 ޕްރޯ 5 ޖީ

ސްމާޓް ފޯން އުފެދުމުގައި އެއްދުވަސްވަރެއްގައި ރަސްކަން ނޫނަސް ރަނިކަމެއް ނަމަވެސް ކުރަމުން އައި ކުންފުންޏެއްކަމަށްވާ އެޗްޓީސީ އިން އެމީހުންގެ އައު ފޯނެއް ބާޒާރަށް ނުނެރެ ދުވަސްތަކެއް ފާއިތުވެގޮސްފައި ވަނިކޮށް، އެކުންފުނީގެ އައު ފޯން ޑިޒައިއަރ 21 ޕްރޯ 5 ޖީ ނެރެފިއެވެ.

އައިޓީއާއި އެހެނިހެންވެސް ކޮމްޕިއުޓަރ އިލެކްޓްރޯނިކް މަސައްކަތައްވެސް ކުރަމުން އައިސްފައިވާ އެޗްޓީސީ ކުންފުނީގެ މޮބައިލް ފޯނު އުފައްދާ ޑިޕާރޓްމަންޓް 2017 ވަނަ އަހަރުން ފެށިގެންވެސް، އެކުންފުނީގެ މި އައު ފޯނު ބާޒާރަށް ނެރުމާއި ހަމައަށްވެސް އޮތީ "ހަނު" އެވެ.

އެޗްޓީސީގެ ޑިޒައިއަރ 21 ޕްރޯ ގައި 128 ޖީބީގެ ސްޓޯރޭޖަކާއި 8 ޖީބީގެ ރޭމްއެއްގެ އިތުރުން ފަހަތު ކެމެރާގައި 48 މެގަރ ޕިކްސްއެލް ހިމެނޭއިރު މިފޯނުގައި 5000 މިލިއެމްޕްއަވަރގެ ބެޓެރީއަށް އަޅުވާފައިވެއެވެ. މިފޯނުގެ ކެމެރާގައި ޖުމްލަ 3 ކެމެރާއާއި އެކީގައި 8 މެގަރ ޕިކްސްއެލްގެ އަލްޓާރާ ވައިޑް، 2 މެގަރ ޕިކްސްއެލްގެ މައިކްރޯ އަދި 2 މެގަރ ޕިކްސްއެލްގެ ޑެޕްތް ސެންސަރއެއް ހިމެނެފައިވެއެވެ.

މި ޑިޒައިއަރ 21 ޕްރޯ ގައި ހިމެނިފައިވާ ކެމެރާގެ މިފިއޭޗާރަސް ތަކާއެކު މިފޯނަކީ ޓެލެފޮޓޯ ނެގޭ ފޯންތަކުގެ ތެރެއިން އެންމެ އަގުހެޔޮކަށް ބާޒާރުގައި ހުރި އެއްފޯނަށްވެސް މިވަނީ ވެފައެވެ.

ފަހުގެ އެހެނިހެންވެސް ހުރިހާ ފޯންތަކެއްގައިވެސް ބޮޑު ޑިސްޕްލޭއަކީ ކަސްޓަމަރުން ގަޔާވާ މުހިންމު އެއްކަމަށް ވާތިވ މިފޯނުގެ ޑިސްޕްލޭވެސް ވަނީ ފަހުގެ ފޯންތަކެކޭ އެއްފެންވަރަށް ގެނައުމަށް މަސައްކަތް ކޮށްފައިވޭމެއެވެ. އެގޮތުން 6.7 އިންޗީގެ އައިޕީއެސް ޑިސްޕްލޭއެއް މިފޯނުގައި އަޅުވާފައި ވާއިރު، ޑިސްޕްލޭއިން ފެންނަ ތަސްވީރުތަކާއި ލިޔުންތައް އިންގިލިކުރިއަށް ހަލުވިކޮށްދިނުމަށް 90 ހާޑްސް ރޭޓްގައި ރިފްރެސް ކުރެވޭނެއެވެ.

އެޗްޓީސީގެ ޑިޒައިއަރ 21 ޕްރޯ 5 ޖީ އަކީ، މިހާރު މާކެޓްގައި ހުރި މިފެންވަރުގެ ފޯނުތަކުގެ ފެންވަރާއި އަގަށް ބަލާއިރު ފަހުގެ އެހެނިހެން ސްމާޓް ފޯންތަކަށް ދޫކުރާނެ ފޯނެއް ނޫންކަން ކަށަވަރެވެ.

މި ފޯނުގެ އަގު ފެށެނީ 427 އެމެރިކާ ޑޮލަރުންކަމަށްވާއިރު، މިއަގަކީ ޓައިވާންގައި މި ފޯނު ވިއްކުމަށް ހަމަޖެހިފައިވާ އަގުތައްކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ރިޕޯޓްކޮށްފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *