Ad

"ކުރިއަށް ދެވެން އޮތީ ސުލްހައިގެ މަގުން"

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު، ޖޯބައިޑަން ރައީސްކަމުގެ ހުވާކުރައްވައި ތާރީޚުގެ ތެރެއަށް

ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާއެކު، ޖޯބައިޑަން ރައީސްކަމުގެ ހުވާކުރައްވައި ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން ރޭ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރިޔާސީ ކެންޑިޑޭޓެވެ. އަދި ބައިޑަން އަކީ އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވި އުމުރުން އެންމެ ދޮށީ ރައީސް ވެސް މެއެވެ.

އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް ހުވާލައިދެއްވި ބައިޑަން ހުވާކުރެއްވުމަށް ފަހު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބައިބައިވެފައިވާ އެމެރިކާ އެއް އެމެރިކާއަކަށް ހެއްދެވުމުގެ މުހިއްމު މަސައްކަތެވެ.

"ކުރިއަށް ދެވެން އޮތީ ސުލްހައިގެ މަގުން. އަޅުގަނޑުގެ މުޅި ހުރިހާވެސް އަމާޒަކީ އެމެރިކާ އެކަތިގަނޑަކަށް ހެދުން. މިކަމުގައި އެންމެންގެ އެއްބާރުލުމަށް އަޅުގަނޑު އެދެން،" ހުވާކުރެއްވުމުގެ ދުވަސްކޮޅެއްގެ ކުރިން، ކެޕިޓަލްބިލްޑިންގަށް ޑޮނަލްޑް ޓްރަޕްގެ ސަޕޯޓަރުން ވަދެގަނެ ހިންގި ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި ބައިޑަން ވިދާޅުވިއެވެ. "އެމީހުން އުޅުނީ މިތަނަށް ވަދެ އަހަރެމެން ބޭރުކުރަން. އެކަމެއް ނުކުރެވޭނެ. ދުވަހަކުވެސް އެކަމެއް ނުވާނެ."

ބައިޑަން ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ އެމެރިކާގެ ޤާނޫނު އަސާސީއާއި ގާނޫނުތަކުގެ އިމުގެ ތެރޭގައެވެ.

ގައިދުރުކަމުގެ ތެރެއިން ކެޕިޓަލް ހޯލްގައި ރޭ ބޭއްވި ހަފުލާގައި ބައިޑަން ހުވާ ކުރެއްވުމުގެ ކުރިން ނައިބް ރައީސް ކަމަލާ ހަރިސް ހުވާކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *