Ad

ކޮވިޑް-19: އިއްޔަ ޕޮޒިޓިވްވީ 65 މީހުން

ކޯވިޑް-19 އަށް އިއްޔަ ޕޮޒިޓިވް ވި މީހުންގެ އަދަދު 65 މީހުންނަށް އިތުރު ވެއްޖެއެވެ.

ޕޮޒިޓިވްވި 65 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 38 މީހުންނާއި، މީހުން ދިރިއުޅޭ ރަށްރަށުންނާއި، ސިނާއީ އަދި ސަފާރީތަކުން ޕޮޒިޓިވްވި 27 މީހުންނެވެ. މިއީ 2،882 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވި އަދަދެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،830 އަށް އަރާފައެވެ. ޑިސެމްބަރު މަހު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މަދުވި ނަމަވެސް މިއަހަރު ފެށުނު ފަހުން ރާއްޖޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިހާރު ރާއްޖޭގައި ކޯވިޑަށް ފަރުވާދެމުން އަންނަނީ 1،042 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 74 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 50 މީހެކެވެ. އެއީ 42 ދިވެހިންނާއި 8 ބިދޭސީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *