އެމެރިކާގެ ޤާނުނުހަދާ މަޖްލިސްކުރާ ގޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޙަރަކާތްތެރިވީ ނޭޝަނަލް ގާޑް ސިފައިންގެ 100 އަށްވުރެ ގިނަ ސަފައިިން ކޮވިޑް-19 އަށް ފައްސިވެއްޖެކަމަށް ކަމާބެހޭ ފަރާތްތަކާ ޙަވާލާދީ ފޮކްސް ނިއުސް އިން ހާމަކޮށްފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ފައިނަލްކުރުމުގެ މަސައްކަތް ކޮންގްރެސްގައި ކުރިއަށްދަނިކޮށް ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން އެތަކެއް ސަތޭކަ ބަޔަކު ކެޕިޓޯލް ހިލްއަށް ގަދަކަމުން ވަދެގަނެގެން ހިންގި ހަމަނުޖެހުންތައް ހަންމަތަކޮށް، އިންތިޚާބީ ރައީސް ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެއްޓުމަށް އެމެރިކާގެ އެކިއެކި ސްޓޭޓްތަކުން އެތަކެއް ހާސް ޢަސްކަރީ ސިފައިންނެއް ވޮޝިންޓަނަށް ފޮނުވުނެވެ.
އިންތިޚާބީ ރައީސް ބައިޑެން ހުވާކުރެއްވުމުގެ ރަސްމިއްޔާތުވެސް ބޭއްވުނު ކެޕިޓޯލް ހިލްގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމަށް ހަރަކާތްތެރިވީ ޢަސްކަރިއްޔާގެ އެތަކެއް ހާސް ސިފައިންނެއް މި ފިނި މޫސުމުގައި ތަޅުންމަތީގަޔާ ޕާކިންގ ގަރާޖުތަކުގައި ނިދައި އުޅެންޖެހުމާއި އެކު މަޖްލީހުގެ ރައީސާ ނޭންސީއަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
Our troops deserve the utmost honor & respect for securing the Capitol & defending democracy this week.
This is unconscionable & unsafe. Whoever’s decision this was to house our National Guardsmen & women in underground parking lots must be held accountable. pic.twitter.com/mBwpoog6YC
— Tim Scott (@SenatorTimScott) January 22, 2021
ގައިގޯޅިކޮށް ފުނިފުންޏަށް ސިފައިން ތިބެންޖެހުނީ ރޭވުންތެރިކަމެއް ނެތުމުންކަމަށާއި އެމެރިކާގެ ނޭޝަނަލް ގާޑުގެ ސިފައިންނަކީ ނޭންސީ ޕެލޯސީގެ އަޅުންތަކެއް ނޫންކަމަށްވެސް، ފްލޮރިޑާގެ ގަވަރުނަރުވެސް އިއްޔެ ވިދާޅުވެފައި ވެއެވެ.
"ރޭގައި އަހަރެންވާނީ އެޖުޓަންޓް ޖެނެރަލަށް އަމުރުކޮށްފައި، ވެރިރަށުގައި ހަރަކާތްތެރިވާ ފްލޮރިޑާގެ ނޭޝަނަލް ގާޑު ސިފައިން އަނބުރާ ފްލޮރިޑާއަށް ގެނައުމަށް" ފްލޮރިޑާގެ ގަވަރުނަރު ރޮން ސެންޓިސް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ވެރިރަށް ވޮޝިންޓަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އަދިވެސް 10600 އަށްވުރެ ގިނަ ޢަސްކަރީ ސިފައިން ހަރަކާތްތެރިވަމުން ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.