Ad

6 މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ރޯވެ ކާށިދޫ ކަނޑަށް އަޑިޔަށް ހިނގައްޖެ

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް އަނިޔާއެއް ނުވޭ

ހަ މީހުންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއްގައި ރޯވެ އަނދައި ހުލިވެ، އަޑިއަށް ހިނގައްޖެއެވެ.

ސަފާރީގައި އަލިފާން ރޯވުމާއެކު އޭގައި ތިބި ހަ ފަޅުވެރިން ޑައިވިން ދޯންޏަށް އަރާފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ސަފާރީގައި ތިބީ ފަސް ދިވެހިންނާއި ބިދޭސީއެކެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދުއަށް ދަތުރުކުރަމުންދިޔަ "ނައުޓިލަސް ވަން" ސަފާރީގައި އަލިފާން ރޯވެފައިވަނީ ކ. ކާށިދޫގެ ހުޅަގުން 13 ނޯޓިކަލް ބޭރުން ކަމަށެވެ.

މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ރޭ ދަންވަރު 3:39 ހާއިރު ކަމަށާއި ސަފާރީ އަޑިޔަށް ދިޔައީ އަލިފާން ރޯވި ސަރަހައްދަށް ސިފައިން ގޮސް، އެމްއެންޑީއެފްގެ ފަޔާ ޓީމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހެނދުނު 6:44 ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *