Ad

އިންގްލިސް ޕްރިމިއާ ލީގް: ވެސްޓްބްރޯމް ބަލިކޮށް ލީގު 1 ވަނަ މެންޗެސްޓަރ ސިޓީ ޖެހިލައިފި

އިނގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅުނު މެޗުން ވެސްޓް ބްރޯމް ބޮޑުތަފާތަކުން ބަލިކޮށް ތާވަލުގެ އެއްވަނައަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ސިޓީން މިމެޗު ކާމިޔާބު ކޮށްފައިވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. ފުރަތަމަ ގޯލް މެޗު ފަށައިގެން ހަވަނަ މިނެޓުގައި ގުންޑޮގާންގެ ގޯލުން  ސިޓީއަށް ލީޑު ނެގިއިރު މެޗުގެ 20 ވަނަ މިނެޓުގައި ޑިފެންޑަރު ކަންސޭލޯ ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ގުންޑޮގާން ސިޓީގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މަހުރޭޒެވެ. ސިޓީގެ ފަހު ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މި މެޗްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަހީމް ސްޓާލިންއެވެ.

މި ނަތީޖާއާއެކު ސިޓީން ވަނީ މި ސީޒަންގައި ފުރަތަމަ ފަހަށް ލީގުގެ 1 ވަނައަށް ޖެހިލައިފައެވެ. އެއީ 19 މެޗުން ލިބުނު 41 ޕޮއިންޓާއެކީގައެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *