Ad
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު އަދި ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-: ފޮޓޯ: މިހާރު
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދު އަދި ޕްރޮސިކިޔުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-: ފޮޓޯ: މިހާރު

ފަނޑިޔާރު ސުޢޫދުގެ ޢިލްމީ މަސައްކަތްތައް ޢާންމުކޮށް ފޯރުކޮށްދިނުމަށް ޚާއްޞަ ވެބްސައިޓެއް

ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މިހިނދު މަސައްކަތްކުރަށްވާ ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ އެންމެހައި ފޮތްތަކާއި ލިޔުންތައް ޢާންމުކޮށް ޝާއިޢުކޮށް ޚާއްޞަ ވެބްސައިޓެއް ތަޢާރަފުކުރެވިއްޖެއެވެ.

ޕްރޮސެކިޔުޓަރ ޖެނަރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މީގެ އިރުކޮޅެއްކުރިން ކުރަށްވާފައިވާ ޓްވީޓެއްގައި މިކަން ހާމަކުރަށްވައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެންމެ ފުންނާބުއުސް ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނެވުމުގެ އިތުރުން އެރޮނގުން ޤައުމީ އިނާމުވެސް ޙާޞިލުކުރަށްވާފައިވާ ފަނޑިޔާރު ސުޢޫދު ޢިލްމީ އެންމެހައި މަސައްކަތްތައް އޮންލައިންކޮށް ޝާއިޢުކުރެވިގެން ދިއުމަކީ ޤާނޫނީ ދާއިރާގައި މަސައްކަތްކުރަށްވާ އެންމެހައި ފަރާތްތަކަށްވެސް އެކަމުން މަންފާ ލިބިގެންދާނެ ކަމެއްކަމަށެވެ. ފަނޑިޔާރު ސުޢޫދުގެ ޚިދުމަތަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރަށްވަމުން، އެކަމަކީ ތަޢުރީފް ޙައްޤު މަސައްކަތްތަކެއްކަމަށްވެސް ޕީޖީ ޝަމީމްގެ މި ޓްވީޓުގައި ވިދާޅުވެފައި ވޭމެއެވެ.

https://twitter.com/HuShameem/status/1354406913753014280?s=20

ފަނޑިޔާރު ޙުސްނުއް ސުޢޫދަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލުކުރަށްވައިގެން ހުންނަވައި އެދާއިރާއަށް ގިނަ ދުވަސްތަކަށް ޚިދުމަތްތަކެއް މިހާތަނަށްވެސް ކުރަށްވައި މިހިނދުވެސް ކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރެއްވުމާއި އެދާއިރާއިން ޢިލްމީ ލިޔުންތައް ލިޔުއްވުމުގެ އިތުރުން ދައުލަތުގެ އިސްމަޤާމުތަށްވެސް ސުޢޫދު ފުރުއްވާފައިވެއެވެ. ބަންޑާރަ ނައިބުކަމާއި ޤާޟީކަމުގެ އިތުރުން އެހެނިހެން މަޤާމުތައްވެސް އެމަނިކުފާނު އަދާކުރަށްވާފައި ވެއެވެ.

ޤާނޫނީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެދާއިރާގައި މަސައްކަތްކުރަށްވަމުން ގެންދަވާ ވަކީލުންނަށްވެސް ފަނޑިޔާރު ސުޢޫދުގެ ޢިލްމީ މަސައްކަތްތަކުގެ ފައިދާ މީގެކުރިންވެސް ލިބިގެން ގޮސްފައި ވާއިރު، އެ އެންމެހައި މަސައްކަތްތައް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދިއުމުގެ ފުރުޞަތު ފަހިވެގެންދިއުމަކީ މުޅި ޤާނޫނީ ޢާއިލާއަށްވެސް ލިބިގެންދާނެ ފަސޭހައެއްގެ އިތުރުން އުފަލަކަށްވެސް ވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *