Ad
ތ. ތިމަރަފުށި 
ތ. ތިމަރަފުށި 

ތިމަރަފުށިން 4 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ

ކޮޅުމަޑުލު ތިމަރަފުށިން 4 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާކަން އެރަށުގެ ޞިއްޙީ މާރުކަޒުން ހާމަކޮށްފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެމަރުކަޒުގެ ރަސްމީ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، 25 ޖެނުއަރީ 2021 ގައި ތިމަރަފުށިން ނެގުނު 06 ކޮވިޑް ސާމްޕަލްގެ ތެރެއިން 04 ކޮވިޑް ސާމްޕަލްގެ ނަތީޖާ ފައްސިވެފައި ވާކަމަށް ކަމާގުޅޭ މުވައްސަސާތަކުން އެމަރުކަޒަށް އަންގަވާފައި ވާކަމަށެވެ.

ތިމަރަފުށިން މިދަނޑިވަޅުގައި އެންމެ ފުރަތަމައަށް ބައްޔަށް ފައްސިވި މީހާއަކީ ހޯމް ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހުގައި ނެގުނު ސާމްޕަލްއެއްގެ ނަތީޖާއިން، ފައްސިވީކަން އެނގުނު ފަރާތެއްކަމަށާއި އެފަރާތް ކަރަންޓީނުގައި ހުރި މުއްދަތުގައި ކަރަންޓީނާ ޚިލާފަށް ޢަމަލުކޮށްފައިވާ މަންޒަރު ފެނިފައިވާކަމަށް ވިދާޅުވެ ތިމަރަފުށީ ކައުންސިލްގެ ނައިބުރައީސް މީޑިއާއަށް މިއަދު މައުލޫމާތު ދެއްވާފައިވެއެވެ.

އެންމެ ފަހުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލްއެއްގެ ނަތީޖާ ފައްސިވެފައި ވާކަން ހާމަކޮށް ޞިއްޙީމަރުކަޒުން މިރޭ ކުރި ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ، މި ވަގުތަކީ ތިމަރަފުށީގައި ކޮވިޑް 19 ގެ ހާލަތު ބަލައި ދެނެގަނެވެމުން ދާ ވަގުތަކަށް ވާތީވެ ރަށުގެ ރައްޔިތުން ދައްކަވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މި ޙާލަތުގައި ކެތްތެރިވެ ތިއްބެވުމަށާއި ސަރުކާރުގެ އިދާރާ ތަކުން ކުރައްވާ އިލްތިމާސްތަކަށް ސަމާލުވެލެއްވުމަށްވެސް އެމަރުކަޒުގެ ފަރާތުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *