Ad
އިންތިޚާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅުން އިޙްތިޖާޖުކުރަމުން ދަނިކޮށް ފުލުހުންގެ ސަފެއް ކުރިމަތީގައި އެތުރިގެން-: ފޮޓޯ: ޕީޕީއެމް
އިންތިޚާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅުން އިޙްތިޖާޖުކުރަމުން ދަނިކޮށް ފުލުހުންގެ ސަފެއް ކުރިމަތީގައި އެތުރިގެން-: ފޮޓޯ: ޕީޕީއެމް

ޑރ. ޖަމީލުގެ ފާޑުކިއުން އެމްޑީޕީއަށް

މިއަދު އެނގިގެން މިދަނީ އެމްޑީޕީއަކީ އަސާސީ ޙައްޤުތަކާއި ވެސް ދެކޮޅު ޕާޓީއެއްކަން ކަމަށާއި އިޙްތިޖާޖުކުރުމަކީ އެޕާޓީގެ ބަނޑުން އުފަންވި އެއްޗެެއް ކަމަށް ދަޢުވާކުރި ބަޔަކު މިއަދު ހާދަ ފިނޑިވެއްޖެކަމަށް ވިދާޅުވެ، ވެރިކަންކުރަމުންދާ އެމްޑީޕީއަށް ވަރުގަދަ ފާޑުކިޔުންތަކަކާއި ރައްދުތަކެއް ޑރ. ޖަމީލް އަމާޒުކުރަށްވައިފިއެވެ.

ފާއިތުވެދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި އިންތިޚާބީ ނައިބުރައީސްކަންވެސް ކުރަށްވަނިކޮށް މަޤާމުން ދުރުކުރެވި މިހިނދު ރައީސް ޔާމީންގެ ދިފާޢީ ވަކީލެއްގެ ގޮތުން މަސައްކަތްކުރަށްވާ ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅުން ކުރަމުންގެންދާ ސިލްސިލާ އިޙްތިޖާޖުތަކުގެ ތެރެއިން އެކޯލިޝަންގެ އިސްފަރާތްތަކާއި ޙަރަކާތްތެރީންވެސް ތަކުރާރުކޮށް ޙައްޔަރުކުރަމުން ގެންދިއުމަށް އިޝާރާތްކުރަށްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ކިތައްމެ ސައްލާއެއް ކުރިޔަސް މި ވެރިކަން ނިމޭނެ" ކަމަށްވެސް ޑރ، ޖަމީލްގެ މިޓްވީޓު ނިންމަވާލަށްވަމުން ވިދާޅުވެފައި ވޭމެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *