Ad

އިދިކޮޅު މުޒާހަރާ ނުފެށިނީސް "ކޮށްޓަކަށްލައި" ބަންދުކޮށްފި

އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން މާލޭގައި ކުރިއަށްގެންދާ އިޙްތިޖާޖު ރަނގަަޅަށް ނުފެށިނީސް ފުލުހުން އައިސް ބްރިކޭޑްތައްޖަހައި މުޒާހަރާގެ ބައިވެރިން "ކޮށްޓަކަށް" ލައި "ބަންދު" ކޮށްފިއެވެ.

އެމްއެމްޕީއާރސީ ޚިޔާނާތު މައްސަލައިގެ ތެރެއިން ރައީސް ޔާމީންގެ މައްޗަށް އުފުލުނު މަނީލޯންޑަރިންގ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުންވެސް ދެމެހެއްޓުމާއެކު އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމަކުން ވަނީ ސީދާ ޙަރަކާތަށް ނުކުތުމަށް ނިންމާފައެވެ.

އެކޯލިޝަންގެ ފަރާތުން ރޭގަނޑާއި ދުވާލުވެސް ސިލްސިލާކޮށް އިޙްތިޖާޖުތައް ކުރަން މިހާރު ފަށާފައި ވާއިރު "އިންޞާފް ކޮބާ؟" ނަމުގައި މުޅި ރާއްޖޭގައި މިއަދު ކުރުމަށް ރާވާފައިވާ އިޙްތިޖާޖުގެ ތެރެއިން މާލޭގައި ކުރިއަށްދާ އިޙްތިޖާޖު ފެށުމަށް ހަމަޖައްސާފައި ވަނީ މިއަދު ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. އެހެންނަމަވެސް އިޙްތިޖާޖު ރަނގަޅަށް ނުފެށެނީސް ފުލުހުން އައިސް ބްރިކޭޑްތައްޖަގައި މުޒާހަރާގެ ބައިވެރިންނަށް ބްރިކޭޑްތަކުން ބޭރަށް ނުނިކުމެވޭގޮތަށް ހުރަސްއަޅާފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ސަރުކާރުން އަދިވެސް ދަމަހައްޓާފައި ވަނިކޮށް އިދިކޮޅުން މަގުމައްޗަށް ނުކުމެ މުޒާހަރާކުރަމުން ގެންދާތީވެ ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުގެ ފާޑުކިޔުން އެކޯލިޝަނަށް އަމާޒުވަމުން ގެންދާއިރު، އިދިކޮޅުން ބުނަމުން ގެންދަނީ މިސަރުކާރުން ކޮވިޑް-19 ހަތިޔާރަކަށް ހަދައިގެން އުޅެނީ ސަރުކާރާމެދު ރައްޔިތުން މާޔޫސްވެފައި ވާލެއް ބޮޑުކަމުން އެރައްޔިތުން މަގުތަކަށް ނުކުމު ނުރުހުން ފާޅުކޮށްފާނެތީވެ ބިރުންކަމަށާއި، އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު "ވަގަށް" ނެގުމުގެ ބޭނުމުގައި ކަމަށެވެ.

އަދުގެ ކޯލިޝަން ސަރުކާރުގައި އެންމެ އިސްކޮށް ތިއްބެވި ފަރާތްތައްވެސް ފާއިތުވެދިޔަ ރައީސް ޔާމީންގެ ވެރިކަމަށް އެންމެ ބޮޑަށް ފާޑުކިޔުއްވަމުން ގެންދެވި ކަމަކީ ސަލާމަތީ ޚިދުމަތްތައް ބޭނުންކޮށްގެން އިޙްތިޖާޖުތައް ރޫޅާލައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުން ދެންދިޔުމެވެ. ރައްޔިތުންގެ ދޫ ބަންދުނުކުރެވޭނެ ކަމަށް ވިދާޅުވެ ޚުދު މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް އޭރު ވާހަކަދައްކަވައި އިޙްތިޖާޖުކުރަށްވާފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *