Ad
ރާއްޖޭގައި ކޮވިޑ19 ފެތުރެން ފެށި ދުވަސްވަރު ރައީސް ޞާލިޙް އެންއީއޯސީ އަށް މިދިޔަ ޖޫން މަހުގައި ޒިޔާރަތްކުރެއްވުމުގެ ތެރެއިން-: ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކޮވިޑ19 ފެތުރެން ފެށި ދުވަސްވަރު ރައީސް ޞާލިޙް އެންއީއޯސީ އަށް މިދިޔަ ޖޫން މަހުގައި ޒިޔާރަތްކުރެއްވުމުގެ ތެރެއިން-: ފޮޓޯ: ރައީސް އޮފީސް

ދުޢާއަކީ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުން މިންވަރު ކޮށްދެއްވުން: ރައީސް ޞާލިޙް

މާތް اللهُ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރެއްވުމާއެކު، އެމަނިކުފާނުގެ ދުޢާއަކީ ކޮވިޑް-19 ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު އެއިލާހު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި މާދަމާ ކޮވިޑް-19 ވެކްސިން ދޭންފަށާނެކަމަށް އެޗްޕީއޭ އިން މިއަދު އިޢުލާނުކޮށްފައި ވަނިކޮށް އެކަމަށް އިޝާރާތްކުރަށްވައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

2019 ވަނަ އަހަރު ނިމެންދަނިކޮށް ޗައިނާގެ ވޫހާން ސިޓީ އިން ފެނުނުކަމަށް ރިޕޯޓްކުރެވުނު ކޮވިޑް-19 ބަލި މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން ގޮސްފައިވާއިރު މުޅި ދުނިޔެއިން މިބަލި ޖެހުނު  މީހުންގެ ޢަދަދު 100 މިލިއަނަށްވުރެ މައްޗަށް ގޮސްފައި ވާކަން މިމަހުގެ 27 ވަނަ ދުވަހު ޖޯންހެޕްކިންސް ޔުނިވަސިޓީ އިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.

ފަސޭހަކަމާއެކު ގައިންގަޔަށް އެރުމުގެ އިތުރުން ފުރާނައަށްވެސް ނުރައްކާކުރުވާ މިބަލީގައި އެތައްކެއް ލައްކަ މީހުން މުޅި ދުނިޔެއިން މަރުވެފައި ވާއިރު، މިބައްޔަށް 4 ވެކްސިނެއް މިހިނދު ހޯދި މިއަހަރު ފެށުނު ހިސާބުން ފެށިގެން މި ވެކްސިން "ޢާންމުކޮށް" ބޭނުންކުރަމުން ގެންދެވެއެވެ.

އޭގެ ތެރެއިން، އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނަކާ ގުޅިގެން އީޖާދުކޮށް އިންޑިއާގައި އުފެއްދުނު ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒް އެގައުމުން ރާއްޖެއަށް ހަދިޔާކޮށްފައި ވާއިރު، އެވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހުއްދަ ދިނުމާ ގުޅިގެން މާދަމާ އިން ފެށިގެން ރާއްޖޭގައި އެވެކްސިން ދޭން ފަށާނެކަމަށް އެޗްޕީއޭ އިން ރަސްމީކޮށް ހާމަކޮށްފައި ވަނީ މިއަދު އެވެ.

އެސްޓްރާޒެނެކާ ގެ ކޮވިޑް ވެކްސިނަށް ރާއްޖެއިން ހުއްދަދޫކުރުމުގެ ކުރިން އިނގިރޭސި ވިލާތުގައި އެވެކްސިން ބޭނުންކުރުމަށް އެޤައުމުން ހުއްދަދީފައި ވެއެވެ. އަދިހަމަ އެވެކްސިން ބޭނުންކުރުމުގެ ހުއްދަ އީޔޫއިންވެސް ހުކުރު ދުވަހު ދީފައި ވާއިރު، އަވައްޓެރި ލަންކާގައި މިވެކްސިން ހުކުރު ދުވަހު ޖަހަންފަށާފައި ވެސް ވެއެވެ.

އެސްޓްރާޒެނެކާގެ ވެކްސިންގެ އެންމެހައި މަރްޙަލާތައް އެއްކޮށް ނިމިފައި ނުވާތީވެ ޑަބްލިއުއެޗްއޯ އިން އެވެކްސިނަށް އަދި ހުއްދަދީފައި ނުވުމުގެ ސަބަބުން ބައެއް ސިއްޙީ މާހިރުންގެ އިތުރުން ޢާންމުންވެސް ފާޑުކިޔުންތަށް އަމާޒުކުރި ނަމަވެސް އެސްޓްރާޒެނެކާގެ ވެކްސިނަކީ އީޔޫ އާއި އިނގިރޭސި ވިލާތުގެ ޞިއްޙީ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކުން ބަލާއިރު ރައްކާތެރި އަދި އޭގެ ނަތީޖާވެސް އެކަށޭނަ ވެކްސިނެއްކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *