Ad

ބޭނުންވީ ލީޑުކޮށްފަ މިސާލު ދައްްކަން: ޑރ. ޝިރާނީ

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެއްސެވި ފުރަތަމަ ބޭފުޅަކީ ޑރ. ޝިރާނީ

ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށައި، އެ ވެކްސިން ޖެއްސެވި ފުރަތަމަ ބޭފުޅަކަށް ޑރ. ޝިރާނީ އަބްދުއްރަހީމް ވެވަޑައިގެންފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ޑރ. ޝިރާނީއަކީ އެންމެ ގިނަ ދުވަހު ހުޅުމާލެ ކޮވިޑް ފެސިލިޓީއާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ.

"އަޅުގަނޑު އެދުނީ އެންމެ ފުރަތަމަ ވެކްސިން ޖަހަން. ބޭނުންވީ ލީޑުކޮށްފަ މިސާލު ދައްކަން." ޑރ. ޝިރާނީ އިރުވަރު ނޫހަށް ބުންޏެވެ.

ވެކްސިން ޖެހުމުން އެއްވެސް ކަހަލަ އުނދަގުލެއް ވޭތޯ އެހުމުން ޑރ. ޝިރާނީ ވިދާޅުވީ އެކަހަލަ އެއްވެސް އުނދަގުލެއް ނުވާ ކަމަށެވެ.

"ކަށިޖެހީމަވާ ތަދު ފިޔަވާ އެހެން އެއްވެސް އުނދަގުލެއް ނުވޭ." ޑރ. ޝިރާނީ ވިދާޅުވިއެވެ.

ޑރ.ޝިރާނީ

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެއްސެވި ފުރަތަމަ ބޭފުޅަކަށް ޑރ. ޝިރާނީ ވެފައިވާއިރު، ދެ ވަނަ އަށް ރާއްޖޭގައި ވެކްސިން ޖެހީ ހުޅުމާލެ ހޮސްޕިޓަލާއި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ ކާރްތިކެންއެވެ. ތިން ވަނަ އަށް ވެކްސިން ޖެހީ ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިބްރާހިމް ނަސީރެވެ.4 ވަނަ އަށް މި ވެކްސިން ޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ނުކިޔަވާ ވާނުވާ ނޭނގޭ މިމުސްކުޅިޔާ ޖެހީ ފާއިޒާ ވެކުސިން… ކީއްވެ ސިރާނީ ތިއޮޅުވާލަނީ…އާނ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *