Ad
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފެށުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވެކްސިން ޖައްސަވަނީ-: ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފެށުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވެކްސިން ޖައްސަވަނީ-: ފޮޓޯ: ރައީސް އޮފީސް

މާލޭގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިންދެނީ

ކޯވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ ފަރާތްތަކަށް ކޯވިޑް-19 ގެ ވެކްސިންދިނުން މާދަމާއިން ފެށިގެން ފެށޭނެކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން ހާމަކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި އެއޭޖެންސީގެ ފަރާތުން ކޮށްފައިވާ ޢާންމު އިޢުލާނެއްގައެވެ.

ދޮށީ އުމުރުފުރައިގެ މީހުން ވެކްސިން ޖަހަން ދާންޖެހޭ ތަނާއި ގަޑި އެއޭޖެންސީގެ ފަރާތުން ކަނޑައަޅައި އެފަރާތްތަކަށް އަންގަމުން ގެންދާނެކަމަށާއި، މާލެ ސަރަހައްދުގައި މި ވަގުތު ވެކްސިން ދެމުންގެންދާ ތަންތަނަކީ ސޯޝަލް ސެންޓަރ އާއި، އޭ.ޑީ.ކޭ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލްގެ އިތުރުން ސެނެހިޔާ ހޮސްޕިޓަލް ކަމުގައިވެސް އެޗްޕީއޭގެ މި އިޢުލާނުގައި ބުނެފައި ވެއެވެ.

ކޮވިޑް ވެކްސިން ޖަހަން ބޭނުންވާފަރާތްތައް ރެޖިސްޓްރީ ކުރުމަށް ޚާއްޞަކުރެވިފައިވާ ޕޯޓަލް، my.health.mv ގައި ވީހާ އަވަހަށް ރަޖިސްޓްރީކުރުމަށްވެސް އެޗްޕީއޭގެ މިއިޢުލާނުގައި އިލްތިމާސްކޮށްފައި ވެއެވެ.

ފާއިތުވެގެން މިދާ ހަފްތާގައި ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ނިޞްބަތް އިންތިހާއަށް މައްޗަށް ޖެހިފައިވާރު މިބަލީގެ އައު ވައްތަރުވެސް ރާއްޖޭގައި އުޅުމަކީ ބަލިފެތުރެމުންދާ ނިޞްބަތް ކުއްލިއަކަށް އިތުރުވެގެން ދިއުމުގެ އެއްސަބަބުކަމުގައިވެސް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިހާރު ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ސީނާ ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *