Ad
ގިނަދުވަސްތަކަކަށްފަހުގައި ޖެނުއަރީ މަހު ސްކޫލްތައް ހުޅުވުމާއެކު އަޙްމަދިއްޔާގެ ޕްރީސްކޫލް ދަރިވަރުންތަކެއް ސްކޫލަށް ޙާޟިރުވުމުގެ ތެރެއިން-: ފޮޓޯ: އޭއައިއެސް
ގިނަދުވަސްތަކަކަށްފަހުގައި ޖެނުއަރީ މަހު ސްކޫލްތައް ހުޅުވުމާއެކު އަޙްމަދިއްޔާގެ ޕްރީސްކޫލް ދަރިވަރުންތަކެއް ސްކޫލަށް ޙާޟިރުވުމުގެ ތެރެއިން-: ފޮޓޯ: އޭއައިއެސް

ޕްރީ ސްކޫލާއި ނާސަރީގެ ކިޔެވުން މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެއް، މުއްދަތެއް ނެތްގޮތަށް، ޕްރީ ސްކޫލުތަކާއި ނާސަރީތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމަށް އެއެޖެންސީ އިން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން މިގޮތަށް ނިންމާފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުން އަލުން އިތުރުވެފައި ވާތީވެ "ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލުގެނައުން" މި ނަމުގައި އެޗްޕީއޭ އިން މިއަދު ރަސްމީކޮށް ޢާންމުކޮށްފައިވާ އެންގުމެއްގައެވެ.

ތުއްތުކުދިންނަށް ކިޔަވައިދޭ ތަންތައް މުއްދަތެއް ނެތްގޮތަށް މާދަމާއިން ފެށިގެން ބަންދުކުރުމަށް ނިންމާފައި ވާއިރު، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް 2 ހަފްތާގެ މުއްދަތަށް ހުއްޓާލުމަށް އަމުރުކޮށްފައި ވާއިރު އެހެނިހެން ފިޔަވަޅުތައްވެސް 2 ހަފްތާގެ މުއްދަތަކަށް ހަރުކަށިކޮށްފައި ވޭމެއެވެ.

އެގޮތުން މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅާއި، ހުޅުލެ) ގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވާއިރު، އެސަރަޙައްދުގައި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފައި ވެއެވެ.

އަދިހަމަ، ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށްވެސް އަންގާފައި ވާއިރު، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައްވެސް ހުއްޓާލުމަށް އަންގާފައި ވެއެވެ.

ފާއިތުވެގެން މިދާ ހަފްތާގައި ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ނިޞްބަތް އިންތިހާއަށް މައްޗަށް ޖެހިފައި ވާއިރު މިބަލީގެ އައު ވައްތަރުވެސް ރާއްޖޭގައި އުޅުމަކީ ބަލި ފެތުރެމުންދާ ނިޞްބަތް ކުއްލިއަކަށް އިތުރުވެގެން ދިއުމުގެ އެއްސަބަބުކަމުގައިވެސް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ސީނާ ވިދާޅުވެފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *