Ad

9 ކުޅުންތެރިންނާއެކު ކުޅުނު ސައުތެމްޓަން ކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން 9 ލަނޑު ޖަހައިފި

އިންގްލިޝް ޕްރިމިއާ ލީގުގައި 9 ކުޅުންތެރިންނާއެކު ކުޅުނު ސައުތެމްޓަން ކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން 9 ލަނޑު ޖަހައިފިއެވެ.

މެޗްގެ ދެވަނަ މިނެޓްގައި ސައުތަމްޓަންގެ މިޑްފީލްޑަރު އެލެގްޒެންޑަރ ޖަންކެވިޒްއަށް ސީދާ ރައްކާޑެއް ދެއްކުމުން މުޅި މެޗްގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. ސައުތެމްޓަންއަށް އިތުރު މައްސަލަތައް ކުރިމަތިވީ ދެވަނަ ހާފުގައި ސައުޓެމްޓަންގެ ޑިފެންޑަރު ޖޭން ބެޑްނަރަކަށްވެސް ރައްކާޑު ދެއްކުމުންނެވެ.

މެޗްގެ ޔުނައިޓެޑްގެ ފުރަތަމަ ގޯލް 18 ވަނަ މިނެޓްގައި ކާމިޔާބުކުރީ ޑިފެންޑަރު ވެން ބިސާކާއެވެ. މެޗްގެ2 ވަނަ ގޯލް 25 ވަނަ މިނެޓްގައި ރަޝްފޯޑު ޖެހިއިރު ތިން ވަނަ ގޯލަކީ ސައުތެމްޓަންގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. 4 ވަނަ ގޯލް 39 ވަނަ މިނެޓްގައި ކާމިޔާބުކުރީ އެޑިންސަން ކަވާނީއެވެ. މެޗްގެ 5 ވަނަ ގޯލް ކަވާނީގެ ބަދަލުގައި ކުޅެން ނިކުން މާޝިއަލް ކާމިޔާބުކުރިއިރު 6 ވަނަ ގޯލް ޖެހީ 71 ވަނަ މިނެޓްގައި މެކް ޓޮމިނޭއެވެ. މެޗްގެ 7 ވަނަ ގޯލް ބްރޫނޯ ފެނާންޑޭޒް 87 ވަނަ މިނެޓްގައި ޕެނަލްޓީއަކުން ކާމިޔާބުކުރި އިރު، 8 ވަނަ ލަނޑު 90 ވަނަ މިނެޓްގައި ކާމިޔާބުކުރީ މާޝިއަލްއެވެ. އަދި ޔުނައިޑެޓްގެ ފަހު ލަނޑު 93 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނިއަލް ޖޭމްސްއެވެ.

މިއީ ޕްރިމިއާ ލީގު ތާރީހުގައި ނިކުން އެންމެ ތަފާތުބޮޑު ނަތީޖާއެވެ.

މި މޮޅާއެކު 44 ޕޮއިންޓާއެކު މެންޗެސްޓަރ ޔުނައިޑެޓް އޮތީ ތާވަލްގެ 2 ވަނައިގައެވެ. މެޗުން ވީ ބޮޑު ބައްޔާއެކު ސައުތެމްޓަން ވަނީ 12 ވަނަ އަށް ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *