Ad
އަޒްހަރުގެ އިތުރުން މަދީނާ ޔުނިވަސިޓީ އިން ޝަރުޢީ ޢިލްމު ޙާޞިލުކުރަށްވާފައިވާ ޒުވާން ޝައިޚް އިބްރާހީމް ރަޝީދު ޙަސަން-: ފޮޓޯ: ފޭސްބުކ
އަޒްހަރުގެ އިތުރުން މަދީނާ ޔުނިވަސިޓީ އިން ޝަރުޢީ ޢިލްމު ޙާޞިލުކުރަށްވާފައިވާ ޒުވާން ޝައިޚް އިބްރާހީމް ރަޝީދު ޙަސަން-: ފޮޓޯ: ފޭސްބުކ

ލާދީނީ މީހެއްގެ ގޮތުގައި މަޝްހޫރު ވިއަސް ޢިލްމުވެރިންނަށް އައިބު ބަސްބުނުމުގެ ހައްޤެއް ލިބިގެންނުވޭ: އިސްލާމީ މަރްކަޒްގެ އިމާމް

ލާދީނީ މީހެއްގެ ގޮތުގައި މީހާ މަޝްހޫރު ވިއަސް ދީނުގެ ޙުކުމްތަކަށް އިންކާރުކޮށް ދީނީ ޢިލްމުވެރިންނަށް އައިބުބަސް ބުނުމުގެ ހައްޤެއް އެމީހަކަށް ލިބިގެން ނުވާކަމަށް އިސްލާމީ މަރްކަޒްގެ އިމާމް ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ޝައިޚް އިބްރާހީމް ރަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، މާލޭގައި ދިރިއުޅެމުންދާ ޒުވާނުންނަށް މިއުޒިކް އަޑުއަހާލައި "ހާސްކަން" ފިލުވާލައި "މަޖާކުރެވޭނެ" ފަދަ "ޚާއްޞަ" ތަނެއް ދައުލަތުގެ ފަރާތުން ޤާއިމުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖްލީހަށް މިހިނދު ހުށައެޅިފައިވާ ޤަރާރަށް ބަހުސްކުރަށްވަމުން ބައެއް މަޖްލިސް މެމްބަރުން ދެއްކެވި ވާހަކަތާ ގުޅިގެން ދީނީ ޢިލްމުވެރިންނާއި ޢާންމުންގެ ގިނަބައެއްގެ ފާޑުކިއުންވެސް އެފަރާތްތަކަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިރޭގެ ވަގުތެއްގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައްޔިތުންގެ މަޖްލީހަށް މިޤަރާރު ހުށައެޅުއްވި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ މަޖްލިސް މެމްބަރު އިންތިޔާޒު ފަހުމީ ޤަރާރަށް ބަހުސްކުރަށްވަމުން ވިދާޅުވެފައި ވަނީ "ރޮކް" މިއުޒިކަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއްކަމުގައި ޢިލްމުވެރިއަކަށް ނުބުނެވޭނެކަމަށެވެ. ރޮކް މިއުޒިކު ޙަރާމްކަމާއި މަނާކުރަންޖެހޭނެ ވާހަކައަކީ ދެއްކެވޭނެ ވާހަކައެއްވެސް ނޫންކަމަށްވެސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެފައިވޭމެއެވެ.

"ރޮކް" މިއުޒިކަކީ އިސްލާމް ދީނުގައި ޙަރާމް އެއްޗެއްކަމަށް އެ ދީނުގެ ދަންނަ ބޭކަލުންގެ މެދުގައި ޙަޤީޤީ ޚިލާފެއް ނުވާކަމަށް އިޖްމާޢުވެސް ނަޤްލުކުރެވިފައި ވީނަމަވެސް، ޤަރާރު ހުށައެޅުއްވި މެމްބަރު އިމްތިޔާޒް ފަހުމީގެ އިތުރުން އެޤަރާރަށް ތާޢީދުކުރަށްވައި ވާހަކަދެއްކެވި އެމްޑީޕީގެ ބައެއް މެމްބަރުން ޢިލްމުވެރިން ބަޔާންކޮށްދެއްވާފައިވާ މިޙުކުމް ނަފީކުރަށްވާ ބީދައިން ވާހަކަދައްކަވާފައި ވަނީ، ޝަރުޢީ ހަމަތަކުގެ މައްޗަށް ބުއްދިއާއި ހަވާނަފްސުގެ ގޮވުންތައް އިސްކުރަށްވައި ޙުއްޖިއްޔަތު ކަމަށް ވަހުމާއި ޝައްކު އުފައްދަވައިގެންކަށް ޢިލްމުވެރިންގެ އިތުރުން އެހެން ފަރާތްތަކުންވެސް ފާހަގަކުރަށްވާފައި ވޭމެއެވެ.

"އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إله އެއްކަމުގައި ހަދައިފިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟" ޤުރުއާނުގެ އާޔަތަކުން މެމްބަރު އިމްތިޔާޒަށް ރައްދުދެއްވައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ޙައިލަމް ކުރެއްވި ޓްވީޓެއްގައި ހިމަނުއްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ.

ސައްތައިން ސައްތަ އިސްލާމީ މިދައުލަތުގެ އެންމެހައި ރައްޔިތުން ޢަމަލުކުރަން މަޖުބޫރުވާ ޤާނޫނުތައް އުފަންކުރުވައި ފޭރާން ހެޔޮކުރުމުގެވެސް ޙައިސިއްޔަތު ލިބިގެންވާ ރައްޔިތުންގެ މަޖްލީހަށް ހުށައެޅި ބަޙުސްކުރެވެމުން ދިޔަ މިޤަރާރާ ގުޅިގެން ޢިލްމުވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ފުރައްސާރަކުރަށްވާ މޭރުމަކުން މަޖްލީހުގެ ރައީސް ރައީސް ނަޝީދު މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކަތާ ގުޅިގެންވެސް، ޚުދު މިވެރިކަން ގެނައުމަށް ތާޢީދުކުރެއްވި ދީނީ ޢިލްމުވެރިންގެ ވެސް ބަހުގެ "ހޫނު" ޙަމަލާތަކެއް ރައީސް ނަޝީދަށް އަމާޒުކުރަށްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލެވެއެވެ.

ް

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *