30 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައިދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މއަދުން ފެށިގެން ޢުމުރުން 30 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހައިދޭން ފަށާފައިވާކަމަށެވެ. އަދި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސްކުރާ މީހުންނަށްވެސް ވެކްސިން ޖަހައިދެމުން އަންނަކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދޭން ފަށާއިފަވަނީ މިމަހުގެ ފުރަތަަމަ ދުވަހުއެވެ. މިހަތަނަށް 70 ހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި މިހާރު ދެމުން އަންނަނީ ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. ދެވަނަ ޑޯޒް ދޭން ފަށާނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާ ފަހުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މިވަގުތު ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެޤަުއުމުން ކުރިން 100،000 ވެކްސިންޑޯޒް ހަދިޔާކޮށްފައިވާއިރު، އިއްޔެ ވަނީ އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައވެ.