Ad

ވޯޓާސް ލިސްޓަށް 1758 ޝަކުވާ!

އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 9 އިން 20އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިތަކުގެ އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް 1758 އަށް ޝަކުވާ ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 9 އިން 20 އަށެވެ.

 

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިތަކުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޖުމްލައަކީ 2،72،480 (ދެ ލައްކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ) އެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާނީ 3،934 ކެނޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކުގައި ވާ ގޮތުން އެންމެ ވޯޓް ފޮއްޓެއް ހުންނަ ކޮންމެ މަރުކަޒެއްގައި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 9 އޮފިޝަލުން ހަރަކާތްތެރިވާންޖެހޭނެ ކަމަށެވެ. އަދި 2 ފޮށި ހުންނަ ކޮންމެ މަރުކަޒެއްގެގައި 14 އޮފިޝަލުން ތިބެންޖެހޭކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ. މި އަދަދުތަކާއި އެކު މިފަހަރުގެ އިންތިޙާބުގައި ވޯޓްލާ މަރުކަޒުތަކާއި ހަރަކާތްތެރިވުމާއި އެހެނިހެން ކަންކަމަށް ޖުމްލަ 10،000 އޮފިޝަލުން ބޭނުންވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *