Ad

ކޮވިޑް-19: އައްޑޫސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު 69 އަށް!

އައްޑޫސިޓީ ޕޮޒިޓިވްވި މީހުންގެ އަދަދު 69 އަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އަލަށް ޕޮޒިޓިވްވި ފަސް މިހަކާއެކު މިހާތަނަށް އައްޑޫއިން ކޮވިޑަށް 69 މީހުން ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 364 މީހަކު ފާހަގަކުރެވިފައި ވާއިރު މިހާތަނަށް އައްޑޫގައި 194 އިމާރާތެއް ކަރަންޓީނުގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

އައްޑޫގެ ކޮވިޑް ހާލަތު އޮތް ގޮތަށް ބަލާއިރު، ހިތަދޫއިން 21 މީހުން، މީދޫއިން 2 މީހުން، މަރަދޫފޭދޫއިން 4 މީހުން، ފޭދޫއިން 16 މީހުން އަދި އެމްޓީސީސީގެ މަސައްކަތު ސައިޓުން 26 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. 43 މީހުން މި ބަލީގައި އުޅޭއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 116 ސާމްޕަލެއް ވަނީ ނަގާފައެވެ. އައްޑޫސިޓީގައި ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ހާއްސަ ސަމާލުކަމެއްދީގެން އެސިޓީގައި ރެމްޑަމްގެ ސާމްޕަލްތައް ވަނީ ނަގަމުންނެވެ. މިގޮތުން މިހާތަނަށް 2408 ސާމްޕަލެއް ވަނީ ނަގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *