Ad

އަލީ ވަހީދު ފުރުވާލުމުގެ ޒިންމާ ނަގަންޖެހޭނީ ޕާސްޕޯޓް ދޫކޮށްލި ފަނޑިޔާރު: ޕީޖީ ޝަމީމު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެެއް ކޮށް މައްސަލަ ބަލަމުން ދަނިކޮށް އޭނާ ރާއްޖެއި ބޭރަށް ފުރުވާލުމުގެ ތުހުމަތު މިހާތަނަށް ކުރެވޭނީ ޕާސްޕޯޓް ދޫކޮށްލި ކްރިމިނަލް ކޯޓްގެ ފަނޑިޔާރަށް ކަމަށް ފްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލައިގެ ތަފްސީލް ހޯދުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލާގައި މިހާތަނަށް ބެލިބެލުމުން އަލީ ވަހީދު ފުރުވާލުމުގައި ޝަމިލުވާކަމަށް ތުހުމަތު ކުރެވެނީ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރި ފަނޑިޔާރަށް އެކަނި ކަމަށެވެ. އަދި އެނޫން އެއްވެސް ބޭފުޅަކަށްވެސް އަލީ ވަހީދު ފުރުވާލުމުގެ ތުހުމަތު ނުކުރެވޭކަމަށް ޕީޖީ ވިދާޅުވިއެވެ. އެހެންކަމުން އެ ފަނޑިޔާރުގެ މައްސަލަ ބަލައި ދިނުމަށް ޕީޖީ އޮފީހުން ޖޭއެސްސީގައި އެދިފައިވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިމައްސަލާގައި އެއްވެސް އިރެއްގައި އަލީ ވަހީދު ފުރައިގެން ދިއުމަށް ޕީޖީ އޮފީހުން އެދިފައި ނުވާނެކަމަށެވެ. އަދި މިމައްސަލާގައި އަލީ ވަހީދު ފުރައިގެން ދިއުމުން މިމައްސަލަ ބަލައި ކަމާއިބެހޭ ފިޔަވަޅު އަޅަމުންދާކަމަށް ޕީޖީ ވިދާޅުވިއެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަދީ، ޕާސްޕޯޓު ދޫކުރުމުގެ އަމުރު ކޯޓުން ނެރުއްވާފައިވަނީ، އާންމުކޮށް މިބާވަތުގެ އަމުރު ނެރުއްވުމުގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށް ޝަމީމު ވިދާޅުވިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޕީޖީ އޮފީހުން ޖުޑީޝަލް ސާރވިސް ކޮމިޝަން އަށް ހުށަހަޅާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރު ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ ފަރާތް ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމުގައި ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭތީކަމަށެވެ. އަދި  އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އެޅޭ ގޮތަށް އަމަލުކޮށްްފައިވާ ކަމަށް ބެލެވޭ ކަމަށް، ޖޭއެސްސީން ނެރެފައިވާ ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *