Ad

ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެ މުވައްޒަފަކާމެދު ފިޔަވަޅު އަޅާނަން: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެ މުވައްޒަފަކާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދީފިއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ސޮއިކުރައްވާ މިއަދު ނެރުނު މެމޯގައި ވަނީ އެކުންފުންޏަކީ 24 ގަޑިއިރު ޚިދުމަތްދޭ ކުންފުންޏަކަށް ވުމާއެކު މުވައްޒަފުން ކޮވިޑް-19 އަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކުންފުނީގެ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފި ނަމަ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް ދިނުމުގައި ދަތިވެދާނެ ހާލަތެއް މެދުވެރިވެދާނެތީ އެޗްޕީއޭގެ ޤަވާއިދާ އެއްގޮތަށް މަސައްކަތުގެ މާހައުލުގައި އުޅުމަށް ތަކުރާރުކޮށް ހަނދާންކޮށްދެމުން ގެންދާކަމަށެވެ. ނަމަވެސް ބައެއް މުވައްޒަފުން ރައްކާތެރިކަމެއް ނެތި އުޅެމުންދާކަމަށް މި މެމޯގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެޗްޕީއޭގެ ޤަވާއިދާ ޚިލާފަށް މަސައްކަތުގެ މާހައުލުގައި މުވައްޒަފުން އުޅެ ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން އެހެން މުވައްޒަފުން ކަރަންޓީން ވާން ޖެހިއްޖެނަމަ މިކަމުގައި އިހުމާލުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް މުޣުނީ ސޮއިކުރައްްވާ ނެރުއްވި މެމޯގައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *