Ad

ނިހާނުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން މިއަދު!

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން މިއަދަށް ތާވަލްކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ނިހާނުގެ މައްޗަށް 6 ދަޢުވާއެއް ކޮށްފައިވެއެވެ. މިދަޢުވާތަކުގެ ޝަރީޢަތުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު 10:00 ގައި ކްރިމިނަލް ކޯޓުގައެވެ. މިމައްސަލަ ބައްލަަވަނީ މަނީ ލޯންޑްރިންގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގަންނަވާ ކްރިމިނަލް ކޯޓްގެ ފަނޑިޔާރު އަލްއުސްތާޒު އަލީ އާދަމެވެ.

އެމްއެމްޕީއާރުސީގެ މައްސަލަޔާ ގުޅިގެން ދައުލަތުން ނިހާންގެ މައްޗަށް ކުރާ ދަޢުވާތަކަކީ ރިޝްވަތު ހިފުމުގެ 3 ދަޢުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ 2 ދަޢުވާއާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ރައީސް ޔާމީން ގެ ވެރިކަމުގަ ވ ފުއްޕާފަ ެއުޅުނު މީހެއް ތީ އިބުރަތެއް ހާސިލް ވާނެ ކަމައް ހީކުރަން

  2. ތި މީހުންނަކީ އެއްވެސް ސަރުކާރަކާ ހެދި އުޅޭ ބައެއް ނޫން މުޅިން ގާތަށް ބައްކުރަން އުޅޭ މީހުން! މިހާރުވެސް ޖުމްހޫރީ ޕާޓީ އަށް ގޮސް އެ ހުރީ ކޮށްފައި ހުރި ކަންތައް ތަކުގެ މައްޗަށް ފަސް އަޅާ ފޮރުވަން ވެގެން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *