Ad

ރައްޔިތުންގެ އިހުތިޖާޖުތަކުގައި ފުލުހުންގެ އަމަލުތައް ގާތުން ބަލަން ޕޮލިސް މީޑިއާ އޮންނަން ޖެހޭ: ލޯޔަރު އާސިފް

ރައްޔިތުންގެ އިހުތިޖާޖުތަކުގައި ފުލުހުންގެ އަމަލުތައް ގާތުން ބަލަން ޕޮލިސް މީޑިއާ އޮންނަން ޖެހޭކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އާސިފް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ އާސިއްޕެ ވިދާޅުވީ ރައްޔިތުންގެ މުޒާހަރާތަކުގައި ޕޮލިސް ޕްރޮފެޝަނަލް ސްޓޭންޑަރޑްސްގެ ކޮލިޓީ މެނޭޖްމަންޓް އާއި ޕީއެސްޑީގެ އިންވެސްޓިގޭޝަންވެސް ގާތުން ފާރަވެރިވުން މުޙިއްމު ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ފުލުހުންގެ ޢިތުބާރާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އާސިއްޕެ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމު

ދާދިފަހުން ފުލުހުން ވަނީ ކެފޭއެެއްގެ ތެރޭގައި އިން ޗެނަލް 13 ގެ ނޫސްވެރިޔަކަށް އަނިޔާކޮށްފައެވެ. މިމައްސަލަ ކަމާބެހޭ ފަރާތްތަކުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އަދި ނާޅައެވެ. ނަމަވެސް މިކަން ހިނގިގޮތް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންގެ އަމަލުތައް ހުންނަ ގޮތުން އާސިފް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ލޯޔަރު އާސިފްއަކީ ޖިނާޢީ ބޮޑެތި މައްސަލަތަަކުގައި ދިވާޢީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވާ ބޮޑެތި މައްސަލަތަކެއް ކާމިޔާބުކުރައްވާފައިވާ ކުޅަދާނަ ދިފާޢީ ވަކީލެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *