ކަސްޓަމަރުންގެ މައުލޫމާތު ހޯދަން ހޯމް ނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސިޓީއެއް ފޮނުވާފައި ނުވާ ކަމށް ބޭންކް އޮފް މޯލްޑިވްސްގެ ސްޕޯކްސް ޕާސަން މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓްގައި ސައީދު ވިދާޅުވީ ކަސްޓަމަރުންގެ މައުލޫމާތު ހޯދަން ހޯމް ނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސިޓީއެއް ނުފޮނުވާފައި ނުވާ ކަމަށާއި، އެ ބޭންކަށް ހޯމް މިނިސްޓްރީން ފޮނުވާފައިވާ ކަމަށް ބުނެ ދައުރުވާ ސިޓީ އަކީ ސައްހަ ސިޓީއެއް ނޫން ކަމަށެވެ.
ކަސްޓަމަރުންގެ ބޭންކިންގ މައުލޫމާތު ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިންގ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި ބޭންކަށް ހުށަހެޅުމުންނެވެ.
ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހޯމްލޭންޑް…
— Mohamed Saeed (@BMLSpokesperson) August 31, 2026
އަދި ކަސްޓަމަރުންގެ ބޭންކިންގ މައުލޫމާތު އެ ބޭންކުން ހަމައެކަނި ފޯރުކޮށްދޭނީ ބޭންކިންގ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނާއި އަދި ތަހުގީގީ އިދާރާތަކުން ލިޔުމަކުން އެދި އެ ބޭންކަށް ހުށަހެޅުމުން ކަމަށްވެސް ސްޕޯކްސް ޕާސަން މުޙައްމަދު ސައީދު ވިދާޅުވި އެވެ.




