Ad

ވޭމަންޑޫއަށް މިރޭ ކަރަންޓް ދެވޭނެ: ފެނަކަ

ތ.ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މުޅި ރަށުން ކަރަންޓުގެ ޙިދުމަތްކެޑި ދިމާވެފައިވާ މައްސަލަ ހައްލުކޮށް މިރޭ ކަރަންޓު ދެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ ވޭމަންޑޫއަށް އަލުން ކަރަންޓުގެ ހިދުމަތް ދިނުމުގެ ގޮތުން އެ އަތޮޅުގެ ރަށްރަށުން ޖަނަރޭޓަރުތައް ގެނެސްފައިވާކަމަށެވެ. މިގޮތުން ގުރައިދޫން 360 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް މިއަދު ހެނދުނުގެ ވޭމަންޑޫއަށް ގެންގޮސްފައިވާކަމަށް ފެނަކައިން ބުނެއެވެ. މީގެއިތުރުން އެއަތޮޅު، ދިޔަމިގިލި، ގާދިއްފުށި އަދި ބުރުނިންވެސް ޖަނަރޭޓަރުތައް ވޭމަންޑޫއަށް ވަނީ ގެންގޮސްފައެވެ. ވޭމަންޑޫއަށް އަވަހަށް ކަރަންޓް ދިނުމަށްޓަކައި އެއަތޮޅު ރަށްރަށުގެ ފެނަކަ ބްރާންޗް ތަކުގެ މުވައްޒަފުން މިހާރު ވޭމަންޑޫގައި ހަރަކާތްތެރިވަމުންދާކަމަށް ވޭމަންޑޫން މަޢުލޫމާތު ދެއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ބެކަޕް ޖަނަރޭޓަރު މާލެއިން ގެންދިއުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ. މާލެއިން ވޭމަންޑޫއަށް ގެންދަނީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި، 450 ކިލޯ ވޯޓުގެ ޖަނަރޭޓަރެވެ.

މިހާދިސާގައި ގުޅިގެން ފެނައިގެ އެމްޑީ ސައީދު ހިމެނޭހެން އިސްޓީމެއް ވަނީ ރޭ އެރަށަށް ގޮސްފައެވެ. ވޭމަންޑޫ އިންޖީނުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަދި މި ހާދިސާ ހިނގާފައިވާ ގޮތުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *