Ad

މިނިސްޓަރު ކަމުން މަލީހު ވަކިކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް ސައިންސްް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމަނިކުފާނު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފިއެވެ.

މަލީހްގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ މެންބަރުން ފާސްކޮށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ރައީސް ސޯލިހްއަށް ސިޓީއެއް ފޮނުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް މަލީހް މަގާމުގައި ހުންނެވުމުން މަޖިލީހަށް އޭނާގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުއްވީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި 14 މެންބަރުންގެ ސޮޔާއެކުގައެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މި މަހު 16 ގައި މަޖިލީހުން ވަނީ މަލީހު ޖަވާބުދާރީވުމަށް ނޯޓިސް ވެސް ފޮނުވައިފައެވެ. މަލީހު ވަނީ އެ ނޯޓިސްގައި ގާނޫނީ މައްސަލަ އުޅޭ ކަމަށާއި އަނބުރާ ފޮނުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި އެންމެ ފުރަތަމަ ތާވަލުކޮށްފައި ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

މާދަމައަށް ތާވަލްކޮށްފައިވާ އިތުބާރުނެތް ކަމުގެ މައްސަލައަށް އިޝާރާތްކުރައްވާ މަލީހް ވިދާޅުވީ ގާނޫނުއަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެއްޖެ. ގާނޫނުއަސާސީ ތަރިކަ މުދަލަށް ހަދައިފި. އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމެއް އަޅުވައިގެން ބޭއިންސާފުން ދޭން އުޅޭ އަދަދު ބޭޒާރުވާނެ. ބޭއިންސާފު މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ. ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް." މަލީހް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *