Ad
ލ.ގަން
ލ.ގަން

އެއްޖިންސުން ގުޅުން ހިންގިކަމުގައި ތުހުމަތުގައި ލ. ގަމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 2 މީހުން ބަންދުން ދޫކޮށްލައިފި

ލ. ގަމުގައި ގެސްޓްހައުސް އެއްގައި ހުއްދަ ނޫން ޖިންސީ ޢަމަލު ހިންގި ކަމަށްބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 02 މީހުން ބަންދުން ދޫކޮށްލައިފިއެވެ.

ޝަރުތު ތަކަކާއެކު އެ 2 މީހުން ދޫކޮށްލާފައިވަނީ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި މިއަދު މެންދުރު ޙައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން، ކޯޓުންނެވެ.

ކުށުގެ ތުހުމަތުގައި ޙައްޔަރުކުރި 02 މީހުންގެ މައްޗަށް ފުލުހުންކުރާ ހުއްދަނޫން ޖިންސީ ޢަމަލު ހިންގިކަމުގެ ކުށުގެ ތުހުމަތުތަކަށް 02 މީހުންވެސް ކުރީ އިންކާރެވެ. ފުލުހުން އެދިފައިވަނީ "މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" އެމީހުން ބަންދުކުރުމަށެވެ. އެހެން ނަމަވެސް، ފުލުހުންގެ ތަޙްޤީޤަށް ހޯދިފައިވާ ކަންތަށްތަކަށާއި، ބަންދާމެދު މެދު ގޮތެއް ކަނޑައެޅި މުއްދަތު މަޖިލީހަށް ފުލުހުންގެ ފަރާތުން ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ފުލުހުންނަށް ބުނެދެވިފައި ނުވާކަމުގައި އެމައްސަލައިގެ ދިފާއީ ވަކީލު ޝަޛީމު ވަޙީދު ވިދާޅުވިއެވެ.

އިރުވަރު ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު ބުނެފައިވަނީ، އެމީހުން ބަންދުގައި ބޭތިއްބުމަށް ފުލުހުން ހުށަހެޅި ސަބަބުތަކަށް ބަލާއިރު، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއްކަމަށް ބެލޭނެ ޙާލަތެއް ފުލުހުންނަށް ބުނެދެވިފައިނުވެއެވެ.

"މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ނޫންތޯ ކަނޑައެޅުމުގައި، ފަނޑިޔާރު ރިޢާޔަތްކުރަންޖެހެނީ ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާއަތުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގެ (ނ) ގައިވާ ސަބަބުތަކަށް. އެހެން ނަމަވެސް، އެމާއްދާގައިބުނާ އެއްވެސް ޤާނޫނީ ސަބަބެއް އޮތްކަމަށް ފުލުހުންނަށް ބުނެދެވިފައިނުވާތީ، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން، ފަނޑިޔާރަށް ލިބޭ އިޚްތިޔާރުގެ ދަށުން ޝަރުޠުކޮށް ބަންދުން ދޫކޮށްލާފައިވަނީ" މަޝްހޫރު ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *