Ad
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް ރައީސް ނަޝީދު ބައްދަލުކުރަށްވަނީ- ފޮޓޯ: މަޖްލިސް
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް ރައީސް ނަޝީދު ބައްދަލުކުރަށްވަނީ- ފޮޓޯ: މަޖްލިސް

އިތުބާރު ނެތުމުން ރިޔާސީ ނިޒާމެއްގައި ވަޒީރުން މަޤާމުން ވަކިކުރުމަކީ މަޖިލީހުގެ އިޚްތިޞާޞެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ވަޒީރެއްގެ އިތުބާރު ނެތުމުން މަޤާމުން ވަކިކުރުމަކީ ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއްކަމަށާއި އެކަމަކީ މަޖިލީހުގެ އިޚްތިޞާޞެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކެބިނެޓް މިނިސްޓަރެއްކަމުގައިވާ މަލީޙު މަޤާމުން ދުރުކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސާފު މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖްލީހުން މިއަދު ފާސްކޮށްފައި ވަނިކޮށް، މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ މިޓްވީޓުގައި އެމަނިކުފާނުގެ ވިދާޅުވެފައިވާ ވިދާޅުވުމުގެ ސަބަބު ދައްކަވަމުން، ވަޒީރުންނަކީ ޕާލަމެންޓަރީ މެޖޯރިޓީއަކުން އުފަންވާ ބައެއް ނޫންކަމަށްވެސް އެޓްވީޓްގައި ވިދާޅުވެފައިވޭމެއެވެ.

ރައްޔިތުންގެ މަޖްލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޔުނިކޭޝަން މިނިސްޓަރު މަލީޙް ޖަމާލް މަޤާމުން ދުރުކުރުމުގެ މައްސަލައިގެ ބަޙުސްގައި އެމްޑީޕީގެ މެންބަރުންގެ އިންތިހާ ފާޑުކިޔުން މިނިސްޓަރަށް އަމާޒުކުރަށްވާފައި ވާއިރު، އިދިކޮޅާއެކު ސިއްރު ގުޅުންތައް ބާއްވަމުން ގެންދަވާކަމުގެ ތުހުމަތުތައްވެސް މާލީހުގެމައްޗަށް ކުރެވިގެންދިޔަތަން ފެނިގެންދިޔައިރު މިނިސްޓަރު މަލީހުވެސް ކުޑަކޮށްވެސް ފަސްޖެހިވަޑައިނުގެން ރައްދުދެއްވަމުން ގެންދެވިކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *