Ad

ދިރާސީ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓަށް ބަދަލުކޮށްފި

ދިރާސީ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓަށް ބަދަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިބަދަލާއިއެކު ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ. މީގެ ކުރިން ދިރާސީ ކޮންމެ އަހަރެއްގެ ކިޔެވުން ފަށަމުން އައީ ޖެނުއަރީގައެވެ. ނަމަވެސް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓް މަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މިބަދަލާއިއެކު އޯލެވެލް އަދި އޭލެވެލް އިމްތިހާނު ދެން އޮންނާނީ ކޮންމެ އަހަރެއްގެވެސް މެއި ޖޫން މަހުގައި ގައިކަމަށެވެ. މީގެ ކުރިން އަހަރުގެ ފަހުކޮޅުގައި ބާއްވަމުންދިޔަ އިމްތިހާނަށް މިބަދަލު ގެނެވިފައިވަނީ ދިރާސީ އަހަރުގެ ކިޔެވުންފެށުމަށް ނިންމާފައިވާ ނިންމާއި އެއްގޮތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިގެނައި ބަދަލާއެކު ދެން ބޮޑު ޗުއްޓީ ލިބޭނީ ޖޫން މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ކަމަށެވެ. އަދި ފުރަތަމަ ޓާރމްގެ ކިޔެވުމަށްފަހު ޗުއްޓީގެ ގޮތުގައި 2 ހަފްތާ ލިބިގެންދާނެކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުމަށް ބަދަލު ގެނެވިފައިވަނީ މިބަދަލާއިއެކު ނިކުންނާނެ ނަތީޖާއަށް ބަލައި، ދިރާސާ ހެދުމަށްފަހު ސޯޝަލް ކައުންސިލަށް ހުށަހަޅައި ކައުންސިލުގެވެސް ރުހުމާއި އެކުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިބަދަލު ގެނެވުފައިވަނީ ޚާއްސަ ސާވޭއެއްވެސް ހަދައި، ދަރިވަރުންނާއި، ބެލެނެވެރިންނާއި، މުދައްރިސުންނާއި، ކަމާއި ގުޅުންހުރި ހުރިހާ އިދާރައަކާއި، މުއައްސަސާއަކާއި މަޝްވަރާ ކުރެވި އެ ހުރިހާ ފަރާތްތަކެއްގެ މަޝްވަރާގެ މަތީންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *