Ad

މަސްދޯންޏެއްގެ ތެރޭގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާ މަރުވެއްޖެ

މަސްދޯންޏެއްގެ ތެރޭގައި ވަޅިން ހަމަލާދީ ޒަހަމްކޮށްލި މީހާ ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ މާރާމާރީގައި ލިބުނު ޒަހަމްތަކަށް ތ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 11:50 ކަންހާއިރު ކަމަށް ފުލުހުން ބުނއެވެ.

ފުލުހުން ބުނީ އެންދަމަން އޮތް ދޯންޏެއްގައި ދެ ބިދޭސީ އެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރޭ 03:50 ހާއިރު ކަމަށެވެ. މި މާރާމާރީގައި ޒަހަމްވި މީހާއަށް ތ. ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ އާ ގުޅިގެން ބަންގްލަދޭޝްގެ 42 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *