Ad

ތައިލެންޑްގެ މުޒާހަރާތައް އިތުރަށް ވަރުގަދަވާނެކަމުގެ ނިޝާންތައް

ތައިލެންޑްގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންކުރާ މުޒާހަރާތައް އިތުރަށް ވަރުގަދަވާނެކަމަށް ބެލެވޭތީ، މަގުތަކުގައި ފޯރިމެރުމަށާއި މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ޚާއްސަ ފުލުހުންގެ ފައުޖުތައް ޑިއުޓީއަށް ނެރެފިއެވެ.

ޕްރޯ ޑިމޮކްރަސީގެ ނަމުގައި ހިންގާ މުޒާހަރާތަކުގެ ބައިވެރިން ގެންދަނީ ބެންކޮކުގެ މުހިއްމު އެކި ލޮކެޝަންތަކަށް އެއްވެ ސަރުކާރާ ދެކޮޅު ޝިއާރުތައް ފާޅުކުރަމުންނެވެ.

ކޮވިޑްގެ ދެވަނަ ރާޅުގެ ހުރަސްތަކާހުރެ މެދުކެނޑިފައި އޮތުމަށްފަހު މިދިޔަ ހަފުތާގައި ބައިބޯ މުޒާހަރާއެއް ވަނީ ބާއްވާފައެވެ. އެމުޒާހަރާއަށް އެއްވި މީހުންގެ ނިސްބަތަށް ބަލައި، ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް ވަރުގަދަކޮށްފައެވެ.

މުޒާހަރާގެ އިސްބައެއްވެރިން ހައްޔަރުކޮށްފައިވީނަމަވެސް، ސަރުކާރުގެ ފިއްތުންތަކަށް ބެލުމެއްނެތި މަގުތަކަށް މީހުން އެއްވުން ހުއްޓައެއްނުލައެވެ.

ތައިލެންޑްގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތަކުން ދެކޭ ގޮތުގައި ކޮވިޑުގެ ހާލަތަށް ލުއި ލިބުމުން، މުޒާހަރާތައް އާދަޔާޚިލާފަށް ވަރުގަދަވެ، ސަރުކާރަށް އިންތިހާއަށް ޕްރެޝަރު ބޮޑުވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *