Ad

ޗެމްޕިއަންސް ލީގު: ޒުވާން ފޯވާޑު ހާލަންޑުގެ 2 ގޯލުން ޑޯޓްމަންޑް ކުއާޓާއަށް!

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އަވޭ ގޯލުން ސެވިއްޔާ ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް ބޮރޫޝީއާ ޑޯޓްމުންޑް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ޑޯޓްމުންޑުގެ ކުޅުނު ދެވަނަ ބުރުގެ ދެވަނަ ލެގުގައި 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވި ނަމަވެސް، ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުން ޑޯޓްމުންޑް ވަނީ 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ޑޯޓްމުންޑް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޒުވާން ތަރި ހާލަންޑް ވަނީ ޑޯޓްމުންޑަށް ލީޑު ނަގައިދީފައެވެ. އަދި 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހާލަންޑް ވަނީ ޑޯޓްމުންޑުގެ ލީޑު ފުޅާކޮށްދީފައެވެ. މި ދެ ލަނޑާއެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް 20 ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔޫސުފް އެން-ނެސީރީ ވަނީ ސެވިއްޔާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްދީފައެވެ. މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްލީ އިތުރު ވަގުތުގައި އިވާން ރަކިޓިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެން-ނެސީރީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *