Ad

އައްޑޫސިޓީގައި ބޮޑު މާރާމާރީއެއް! އަނިޔާވި 7 މީހަކަށް ފަރުވާދެނީ!

އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީ އެއްގައި ހަތް މީހަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ. 

ފުލުހުން ބުނީ ފޭދޫ ކުޑަކުދިން ޕާކު ސަރަހައްދުގައި ދެ ގުރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. މި މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިރޭ 6:30 އެހާކަންހާއިރު ކަމަށް  ފުލުހުން ބުންޏެވެ. 

މާރާމާރީގައި އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ބައެއް މީހުން ހިތަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު، އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މާރާމާރީ ހިނގަމުންދަނިކޮށް ކޮށްފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ވީޑިއޯއިން ފެންނަގޮތުގައި ގާތްގަނޑަކަށް ވިއްސަކަށް ޒުވާނުން މަގު މެދުގައި ތިބެގެން މާރާމާރީ ހިންގުމަށްފަހު ސައިކަލްތަކުގައި ފިލަން ދާ މަންޒަރު ފެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *