Ad

ރާއްޖެއިން ކޮވިޑް-19ގެ ވެކްސިން ދިން މީހުންގެ އަދަދު ދެ ލައްކައާ ގާތްކޮށްފި

ރާއްޖެއިން ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންޖެހި މީހުންގެ އަދަދު ދެލައްކަ އާއި ގާތްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މާލެއާއި އަތޮޅުތަކުން 9،770 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 5،859 މީހުންނާއި އަތޮޅުތަކުން ވެކްސިންޖެހި 3،911 މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ވެކްސޮން ޖަހަން ފެށިފަހުން އެންމެ ގިނަ މީހުން ވެކްސިން ޖެހީ މިއަދު އެވެ. މިއާއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 198،206 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދަކީ 111،695 އެވެ. ތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 86،511 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ.

ރާއްޖޭގައި މިހާރު ވެކްސިން ދެމުން އަންނަނީ ޢުމުރުން 18 އަހަރުން މަތީގެ އުމުރުފުރާތަކަށެވެ. މިވަގުތު ރާއްޖޭގައި ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލަން ހެލްތު މިނިސްޓްރީން ވަނީ ނިންމާފައެވެ. މިއާއެކު ފާއިތުވި 2 ދުވަހު މާލޭގައި ވެކްސިން ޖަހާ ސެންޓަރުތަކަށް ބާރުބޮޑުވެ ދިގު ކިޔޫތައް ފެނިގެން ގޮސްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *