Ad
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފެށުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވެކްސިން ޖައްސަވަނީ-: ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދޭން ފެށުމަށް އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވެކްސިން ޖައްސަވަނީ-: ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ދެލައްކައިން މައްޗަށް!

ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު ދެލައްކައިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު މުޅި ރާއްޖެއިން 7،908 މީހުންވަނީ ވެކްސިންޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 4،941 މީހުންނާއި ރަށްރަށުން ވެކްސިންޖެހި 2،967 މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 206،114 އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހިމީހުންގެ ޖުމުލަ ޢަދަދުވަނީ 116،636 އަށް ރާފައެވެ. އަދި ރަށްރަށުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 89،478 އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *