Ad

ޙަޟާނަތު މައްސަލައެއްގައި ބައްޕައާއި ދަރިން ޙަވާލުކުރުމަށް ފެމިލީ ކޯޓުންކުރި ޙުކުމް ފުލުހުން ތަންފީޒުކޮށްފި

ޙަޟާނަތު މައްސަލައެއްގައި ބައްޕައާއި ކުދިން ޙަވާލުކުރުމަށް ފެމިލީ ކޯޓުންކުރި ޙުކުމް އެންމެ ފަހުން ފުލުހުން ތަންފީޒުކޮށްފިއެވެ.

ފުލުހުން މިއަމުރު ތަންފީޒުކުރީ ޙަޟާނަތު މައްސަލައެއްގައި ކުދިންގެ ބައްޕައާއި ކުދިން ޙަވާލުކުރުމަށްޓަކައި ފެމިލީ ކޯޓުން ކޮށްފައިވާ ޙުކުމަށް އެކުދިންގެ މަންމަ ޢަމަލުނުކުރުމުން، ފެމިލީ ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އެހެން އަމުރެއްގެ ދަށުންނެވެ. އަދި ފެމެލީ ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒު ކުރުން ލަސްވުމުގެ ސަބަބުން އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށާއި އަދި މިނޫންވެސް ކަމާބެހޭ މުވައްސަސާތަކަށް ހުށައަޅާފައިވަނިކޮށެވެ.

މީގެ ކުރީގައިވެސް، ފެމިލީ ކޯޓުގެ ޙުކުމާއި އެއްގޮތަށް ކުދިންގެ މަންމަ ޢަމަލުކޮށްފައިނުވާތީ، ކުދިންގެ ބައްޕަގެ ފަރާތުންވަނީ ފުލުހުންނަށާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒަށް އެކަން ހުށަހަޅާފައެވެ.

ކުއްޖާގެ ބައްޕަގެ ޤާނޫނީ ވަކީލު ޝަޛީމު ވަޙީދު އިރުވަރު ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ދަރިންގެ ބައްޕައާއި ދަރިން ޙަވާލުކުރުމަށްޓަކައި، ފުލުހުންގެ ފަރާތުން ކުދިންގެ ބައްޕައަށް ގުޅުމުން، އެކުދިންގެ ބައްޕަވަނީ ކ. ކާށިދޫއަށް ގޮސް، ފުލުހުންގެ އެހީތެރިކަމާއެކު އެކުދިންނާއި ޙަވާލުވެފައިކަމަށެވެ.

ޢާއިލާ ރޫޅުމުގެ ސަބަބުން ކުދިންގެ މައްސަލައި ކޯޓުން ނިންމަން ޖެހުމަކީ ރާއްޖޭގައި އާންމު ވަމުން އަންނަ ވަރަށް ސީރިއަސް މައްސަލައެކެވެ. ކޯޓުން މިފަދަ މައްސަލަތައް ނިންމުގެ ސަބަބުން ގިނަ ފަހަރަަށް އޭގެ ގެއްލުން ވަނީ ކުދިންނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *