Ad

ރާއްޖެއިން މިއަދު 142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ!

ރާއްޖެއިން މިއަދު 142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 112 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 11 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހުން ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 21،961 އަށް ވަނީ އަރާފަ އެވެ.

މިވަގުތު 2،371 މީހުން މި ބަލި ތަހަންމަލް ކުރަމުންދާއިރު މީގެތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދަނީ 118 މީހުންނަށެވެ. މިއަދު 177 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 19،519 އެވެ. ރާއްޖެއިން ކޮވިޑް ޖެހިގެން 64 މީހުން ވަނީ މަރުވެފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެތެރޭގައި އިރުއޮއްސި ހަޔަކުން ހެދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމާއި ރޭގަނޑު 11:00 އިން 4:30 އަށް މީހުން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކެފޭ ރެސްޓޯރެންޓްތައް ރޭގަނޑު8 ޖަހާއިރު ބަންދުކުރާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *