Ad

މަލިކު ކައިރިން މަސްތުވާތަކެއްޗާއި ހަތިޔާރާއެކު 3 ބޯޓު ހިފަހައްޓައިފި

މަލިކު ކައިރިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ސްރީލަންކާގެ 3 ބޯޓު ހިފަހައްޓައިފިއެވެ.

މި ބޯޓުތައް ހިފެހެއްޓީ އިންޑިއާގެ ކޯސްޓްގާޑުންނެވެ. މި ބޯޓުތަކުން 300 ކިލޯގެ ހެރޮއިން އާއި އެކޭ-47ގެ 5 ރައިފަލްގެ އިތުރުން 1000 ލައިވް ވަޒަން ފެނިފައި ވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ. މި ބޯޓުތައް ހިފަހައްޓާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިހާރު މި ބޯޓުތައް ދަނީ އިންޑިއާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން އެންމެ ކައިރީގައި އޮތް ބަނދަރަށް ވެއްދުމަށް މަސައްކަތް ކުރަމުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.

ދާދި ފަހުން ވެސް މަލިކު ކައިރިންހިފެހެއްޓި 3 ބޯޓުން މަސްތުވާތަކެތި ފެނިފައި ވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ ބޯޓުތަކުން ވަނީ ޖުމްލަ 260 ކިލޯގެ މަސްތުވާތަކެތި އަތުލައި، 6 މީހަކު ހައްޔަރު ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *